ކޮލަމް

އިހުމާލަކަށް ފަހު އިހުމާލެއް! އިޢުތިރާފް އޮތް ނަމަވެސް ޒިންމާވުމެއް ނެތް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން
މިނިސްޓަރ ނަސީމް ، ގިނަ ފާޑުކިޔުންތަކެއް އަމާޒުވޭ

"އަހަރު ނުފުރޭ 400އެއްހައި ކުދީން މެއިމަހު ފައްސިވި"

Ads by STELCO

"ޗައިނާއިން ވެކްސިނެއް ނުގެންނާނެ"

"ލާދީނީ ކިޔުން މަނާކުރާ ބިލެއް މަޖިލީހަށް"

"އިންޑިއާގެ ކޮންސިޔުލޭޓެއް އައްޑޫގައި ގާއިމް ކުރަން ނިންމީ ރާއްޖެއަކުން ނޫން ، އިންޑިއާ ސަރުކާރުން"

"ފަރުވާ ލިބުން ލަސްވެ 10 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ"

މިއީ އިއްޔެއާއި މިއަދު ފެނުނު ބައެއް ޞުރުޙީތަކެވެ. ޙާލަތާއި އިހުމާލު ބުނެދޭ ވަރަށް ގިނަ ވާހަކަތަކެކެވެ. އެ ހުރިހާ ޞުރުޙީތަކެއްގެ ތަފްޞީލް އިއްވާކަށް ނެތީމެވެ.މި ސުރުހީތަކުން ދިވެހި ގައުމު ދަތުރު ކުރަމުންދާ މިސްރާބު ސާފެވެ. ގައުމުގެ މިނިވަންކަން އޮތް މިންވަރާ މެދު ސުވާލު އުފެދެއެވެ. ދީނީ ހަމަޖެހުން ގެއްލި ބިރުވެރި މާހައުލަކަށް ދިވެހި ގައުމު ދިޔުމުގެ ބިރު ބޮޑެވެ.

މި ހުރިހާ ވާހަކައެއްގެ ތެރެއިން ވެސް ދިވެހި ގައުމު އޮތް ނިކަމެތި ޙާލު ކިޔައިދޭ ވާހަކައަކީ ފަރުވާ ލިބުން ލަސްވެ 10އަހަރުގެ މިޝްކާ ނިޔާވި ޚަބަރެވެ.

މިޝްކާއަކީ ދެމަފިރިއެއްގެ ހުރި ހަމަ އެންމެ ކުއްޖެކެވެ. ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ނަމަވެސް ހުނަރުވެރި މޮޅު ދަރިވަރެކެވެ. މުސްތަގުބަލާ މެދު ފޮނި އުއްމީދުތަކެއް ކުރި އަންހެން ދަރިއެކެވެ. އެ ކުއްޖާ ބަލިވެ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ގެންދިޔުމަށް ޓަކައި މެއި 31 ވަނަ ދުވަހުގެ މެންދުރު 2:24ގައި ގުޅިކަން ލޮގް ކުރެވިފައި އެބައޮތެވެ. އޭގެ ފަހުން އެތައް ފަހަރަކު ގުޅައިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނީ އެ ރޭ 11:45 ވީ ފަހުންނެވެ. އޭގެ 15 މިނެޓެއްހައި އިރު ފަހުން އިޢުލާން ކުރަން ޖެހުނީ އެ ކުއްޖާގެ މަރުގެ ޚަބަރެވެ. ހިތާމަ ހުއްޓެވެ.

މިޝްކާ، ހުނަރުވެރި ކުއްޖެއް

ރައްޔިތުންގެ މަޖިލީހަށް ވަނީ މި މައްސަލަ ހުށަހެޅިފައެވެ. މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއްކޮށް މިޝްކާއަށް އިންސާފު ލިބޭނެ ކަމާއި ދެން މިފަދަ ކަމެއް ނުހިނގާނެ ކަމަށް ރައްޔިތުން އުއްމީދު ކުރަން ބޭނުންވި ނަމަވެސް އެއީ އުއްމީދީ އުއްމީދެއް ނޫނެވެ. އެހެނީ އޭޑީކޭގައި ނިޔާވި ޒުވާން މާބަނޑު ކުއްޖާއަށް ފަރުވާ ކުރުމުގައި އިހްމާލު އޮތް ކަމަށް ހެލްތު މިނިސްޓްރީގެ ތަހުޤީޤަކުން ފާހަގަ ކުރެވުނު ނަމަވެސް ، ފާހަގަ ކުރެވުން އެއީ އެކަމުގެ ޙުކުމަށް ވެނިމިއްޖެއެވެ.

މަޖިލީހުގެ ސްޕަރ މެޖޯރިޓީގެ އުފާ ހޯއްދަވަމުން ގެންދަވާ އެމްޑީޕީގެ މެމްބަރުން ވެސް ސަރުކާރަށް އޮތް އުއްމީދު ފަނޑުވެ މިއަދު ވެސް ވިދާޅުވީ ސަރުކާރުގެ ލޮނުމަޑު ކަމަށެވެ. ހެލްތު މިނިސްޓަރ ކެރަފާ އަޙުމަދު ނަސީމާއި ޑރ،ނަޒްލާ މުސްތަފާ ދެފަރާތުގައި ބައިތިއްބަވައި ، ދައުލަތުގެ އިސްވެރިޔާ ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ ފަހުން ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައި ވިދާޅުވި ވާހަކަތަކުން އަމުދުން އުއްމީދެއް ނެތެވެ. ދެ އަތްޕުޅުން ނަސީމާއި ނަޒްލާއަށް އިޝާރާތް ކުރައްވަމުން ވިދާޅުވީ ލުއިތަކެއް ދީ ގޯސްތަކެއް ހެއްދެވިއްޖެ ކަމަށެވެ. އެއީ 10 އޭޕްރީލްގައި ބޭއްވި ކައުންސިލް އިންތިޚާބާ ގުޅިގެން ދެވުނު ލުއިތައްތޯ ސުވާލު ދެންނެވުމުން ވިދާޅުވީ އެ ލުއިތައް ނޫން ކަމަށާއި އޭޕްރީލްގެ ކުރީކޮޅު ދެވުނު ލުއިތައް ކަމަށެވެ.

ރައީސް ޞާލިޙް ، ނަސީމަށް ފަތްކޮޅު އަރުވަނީ

ނިންމެވުނީ ދޯހަޅި ސިޔާސީ ނިންމެވުންތަކެއް ކަމަށް އިޢުތިރާފްވެވަޑައިގަންނަވަމުން ދެން ވިދާޅުވީ މިއީ ޒިންމާގެ ވާހަކަ ދައްކަންވީ ވަގުތު ނޫން ކަމަށެވެ. އެެހެންކަމުން ޒިންމާއިން ބަރީޢަވެ ތިބެ ޙައްޤު މިންވަރާއި އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރާނަމަ ތިޔަ ކުރެވެނީ އުއްމީދީ އުއްމީދެއް ނޫނެވެ. އުއްމީދެއް އޮންނާނީ ޒިންމާ ނަގައިގެންނެވެ. ފިޔަވަޅު އަޅައިގެންނެވެ. "އޮޅިގެން" ނުވަތަ "މާފަށް އެދިގެން" ހުރިހާ ކަމަކަށް ފަސްއެޅިގެންދާ ނަމަ ދެން ޒިންމާދާރު މަގާމުތަކެއްގައި މީހުން ތިބުމުގެ މާނައެއް ނެތެވެ.

  1. މިއީ ގޮނޑިކޮއްކޮ ސަރުކާރު.
    މިހާރު މޮ ދަޢުލަތް ހިންގަންތިބީ ހުސް ރޯނު އެދުރުން އާއި މުރަނގަ ގަސްދޮށު މާލިމީން.
    މި މީހުން ވެރިކަމާއި ހަވާލުވިފަހުން މުޅި ޤައުމު ދަވާލާ ހުސްކޮއްފި. މިއީ މުޅި ތާރީހުގައިވެސް ދުވެހިން ދުއް އެންމެ ނާޤާބިލް ވެރިން އާއި ސަރުކާރު.

  2. މުހަންމަދު

    އަވަސް ގޮތަކުން ސަރުކާރު ވައްޓާލަން އެންމެން ނުކުންނަމާ ބަހީ.

  3. ޙައްޖަ

    ރަނގަޅަށްް މައުލޫމާތުު ސާފުު ކުރައްވަިގެންް ނޫސްތަކުގައިި ލިޔުއްވުންް އެދެންް. އެކުއްޖާާ ނިޔާވީީ ހޮސްޕިޓަލަށްް ގެންދިޔަަ ރެއަކުު ނޫން އޭގެެ 24ގަޑިި އިރުފަހުންް