ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންސާފު ކަށަވަރުކުރުމަށް އެމްޑީޕީގެ ކޮމެޓީއެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމައްސަލައަށް އިންސާފު ލިބޭކަން ކަށަވަރުކުރުމަށް އެމްޑީޕީގެ ފަރާތުން ކޮމެޓީއެއް އެކުލަވާލުމަށް ހުށަހަޅައިފިއެވެ. މިހުށައެޅުމުގައި، އެހަމަލާއާ ގުޅިގެން ވަށައިގެންވާ ކަންކަމާއި، ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރާ ގުޅޭގޮތުންނާއި، އެމައްސަލައަށް އިންސާފު ލިބޭކަން ކަށަވަރުކުރުމަށް ވަނީ ހުށައަޅައިފައެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ޤައުމީ މަޖިލީހަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށައެޅުއްވި މިހުށައެޅުމުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ދެވުނު ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި މިއަދާ ހަމައަށް އައިރު ސާފުވެފައިވާ ކަމަކީ ރައީސް ނަޝީދަށް ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނީ ޒިންމާ މަތިކޮށްފައިވާ ފަރާތްތަކުން އެކަމަށް އިހުމާލްވެފައިވާކަން ކަމަށެވެ. އަދި ރައީސް ނަޝީދަށް އިންތިހާއަށް ސެކިޔުރިޓީ ތުރެޓް އޮތްކަން އެނގިތިބެ ހާލަތާ ބައްދަލު ފިޔަވަޅުތައް އެ ފަރާތްތަކުން އަޅައިފައި ނުވާ ކަމަަށެވެ.

މީގެ އިތުރުން، މި ހަމަލާގެ ފަހަތުގައިވާ ބަޔަކާއި ރާވާ ފަންޑުކުރި ބަޔަކު ހޯދިފައި ނުވާކަން ފާހަގަކޮށް، އެ ހުށަހެޅުމުގައި ބުނެފައި ވަނީ އެކަމުގެ ހަގީގަތް ގެއްލުވާލައި ޝައްކާ ވަހުމަށް ޖާގަ އުފެދޭގޮތަށް ކަމުގެ ޤާނޫނީ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާކަމަށް ވެސް މިހުށައެޅުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޤައުމީ މަޖިލީހުން ތިން ކަމަކަށް އިޤުރާރުވުމަށް ހުށަހަޅުއްވާފައިވެއެވެ. ފުރަތަމަަ ކަމެއްގެ ގޮތުން ހުށަހެޅުމުގައި ވަނީ ސަރުކާރުގެ އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުން ގެންދާ ތަޙުޤީޤުތަކާއި، ކުރާ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކުރީން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ޙަޤީޤަތްތައް ނުހޯދި، އިންސާފު ދިގުލައިގެން ގޮސްފައިވާތީއާއި ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވާތީ އެފަދަ ސީރިއަސް، ބޮޑު މައްސަލައެއްގެ ހަފަރާތް ނުހޯދިއްޖެ ނަމަ، ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ޕާޓީން ނިންމުމަށެވެ.

ތިން ވަނަ ކަމަކަށް އިޤުރާރުވުމަށް ހުށަހަޅައިފައި ވަނީ ކޮމެޓީ އެކުލަވައިލުމަށެވެ. އެގޮތުން އެ ނުކުތާގައި ބުނެފައި ވަނީ ރައީސް ނަޝީދަށް އިންސާފު ޤާއިމުވުމަށް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ މެމްބަރުން ގޮވައިލަމުންދާ ކަމަށެވެ. ޕާޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލުމަށް ހުށަހަޅައިފައި ވަނީ އެ ކަންކަން ކަށަވަރުކުރުމަށެވެ.

އެހުށަހެޅުމަށް ތާއީދުކޮށް ސޮއިކުރެއްވީ މުޙައްމަދު ސައިފް ފާތިޙެވެ.

  1. މޭން

    އަދިވެސް ރައީސްނަސީދައް އިންސާފުނުލިބިގެން ތިއުޅެނީ
    ކޮބާތަ އިހުމާލުންމަރުވި މިސްކާއަށް އިންސާފު.