ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޮވިޑް ޖެހިގެން އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި ވަނީ 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 172އަށް އަރައިފައެވެ. މިއީ ރާއްޖެއިން މި މަހު މި ބަލީގައި މަރުވި 11ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون