ދުނިޔެ

ލަކްޝަދީބްގެ ރައްޔިތުން ބަނޑުހައިހޫނުކަމުގެ ހަޅުތާލަކަށް ދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ އަވަށެއް ކަމަށްވާ ލަކްޝަދީޕުގައި 12 ގަޑިއިރުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށަން ނިންމައިފިއެވެ.

Ads by Sosun Fihaara

މި ހަޅުތާލު ފަށަން ނިންމައިފައި ވަނީ ޖޫން މަހުގެ 7 ވަނަ ދުވަހުގައެވެ. އެ ދުވަހު ހެނދުނު 6އިން އިރުއޮއްސި 6އަށް މި ހަޅުތާލު ކުރިޔަށް ގެންދިޔުމަށް ރޭވިފައި ވަނީ އިންޑިއާގެ ސަރުކާރުން ލަކްޝަދީބްގައި ތަންފީޒުކުރަން އުޅޭ އައި ގަވާއިދުތަކާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

ޖޫން 5ގެ ކުރިން ލަކްޝަދީބް މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ކޮމިޓީތަކެއް އުފައްދަން ވެސް ވަނީ ނިންމައިފައެވެ. އަދި މިކަންކަން ކުރިޔަށް ދާނީ ކޮވިޑް-19އަށް އަޅައިފައިވާ ފިޔަވަޅުތަކާ އެކުގައި ކަމަށާއި، ހާލަތަށް ބަލައި، ބޭރަށް ނިކުމެ ހަޅުތާލު ކުރިޔަށް ނުގެންދިޔުމަށް ވަނީ ނިންމައިފައެވެ.

މި ކަންތައްތައް ރޭވުމަށް ރޭ ކޮޗިންގަައި ވަނީސޭވް ލަކްޝަދީބް ފޯރަމްގެ ނަމުގައި ބައްދަލުވުމެއް ވެސް ބާއްވައިފައެވެ. މި ބައްދަލުވުމުގައި ލަކްޝަދީބްގެ އެމްޕީ މުހައްމަދު ފައިސަލް ވަނީ ބައިވެރިވެފައެވެ.

ބަލި މީހުން ނުވަތަ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުން މި ހަޅުތާލުގައި ބައިވެރި ނުކުރާގޮތަށް ވެސް ވަނީ ނިންމައިފައެވެ.

Ads by Ooredoo
  1. ހާމިޒާ

    މީދާދި އަވަހަށް ރާއްޖޭމިީހުންވެސް އުޅެންޖެހޭނެ ގިލަންވެރިހާލު މިދާވަރުން ދަނީކަމުގަ ވަނީނަމަ

  2. އަހުމަދު

    ދެރައީ އެމްޑީޕީގެ ގިނަ ސަޕޯޓަރުންނަށް ރާއްޖެވެސް އިންޑިއާ އަށް ވިއްކަމުންދާތަން ނުފެންނާތީ

  3. ދިވެހި ރައްޔިތުން

    ލަކްޝަދީބު މީހުންނަށް މަރުހަބާ