ކުޅިވަރު

ސީރިއާއިން ރާއްޖެ ބަލިކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އޭޝިއަން ކަޕް އަދި ވޯލްޑްކަޕް ޖޮއިންޓް ކޮލިފައިންގައި ރާއްޖެއާއި ސީރިއާ ބައްދަލު ކުރި މެޗު ސީރިއާއިން އިން 0-4ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފިއެވެ.

Ads by Sosun Fihaara

މި މެޗުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައިވަނީ ސީރިއާ ޓީމުންނެވެ. އެ ގޮތުން ސީރިއާއިން ވަނީ މެޗުގައި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ.

މެޗުގެ 24ވަނަ މިނެޓުގައި ސީރިއާގެ ފޯވާޑް އަލްމަވާސްއަށް ލިބުނު ފުރުސަތެއްގައި ކީޕަރު ކައިރިން ނައްޓާލުމަށް ފަހު ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ރާއްޖޭގެ ކެޕްޓަން އަކްރަމް ވަނީ ދިފާއު ކޮށްފައެވެ.

ސީރިއާގެ ފުރަތަމަ ގޯލަކީ ކަނާއަތްފަޅިން ނަގައިދިން ހުރަހަކުން މެޗުގެ 28ވަނަ މިނެޓުގައި އެ ޓީމުގެ ޖަރޒީ ނަންބަރު 10، މައޮވަސް ކާމިޔާބު ކުރި ގޯލެކެވެ.

ސީރިއާ ޓީމުން ދެން ޖެހި ތިން ގޯލު ވެސް ކާމިޔާބު ކޮށްފައިވަނީ ޕެނަލްޓީންނެވެ. އެގޮތުން މެޗުގެ 34ވަނަ މިނެޓުގައި އަކްރަމްއަށް އޭރިއާ ތެރެއިން ހެދުނު ގޯހަކުން ލިބުނު ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލީ ސީރިއާގެ ޖަރޒީ ނަންބަރު 7 އައޮސްމަންއެވެ.

މެޗުގައި ސީރިއާ ޓީމުގެ މައޮވަސް ވަނީ ހެޓްރިކް ހަދައިފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރާއްޖެ ޓީމުގެ ސަމޫހްގެ އަތުގައި ޖެހުމުން ސީރިއާއަށް ވަނީ ދެވަނަ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ވެސް ގޯލަށް ފޮނުވާލީ އަލްމަވާސްއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 3-0އިން ސީރިއާ ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ވެސް ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަތުތަކެއް އެ ޓީމުން ވަނީ ތަނަވަސް ކޮށްފައެވެ. އެގޮތުން މެޗުގެ 71ވަނަ މިނެޓުގައި އަނެއްކާ ވެސް ވަނީ އެ ޓީމަށް ޕެނަލްޓީއެއް ލިބިފައެވެ. އެ ޓީމުގެ މި ޕެނަލްޓީ ވެސް ޖެހީ އަލްމަވާސްއެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ސީރިއާގެ 03 ނަންބަރު އަޒާންއަށް ވަނީ ދެ ރީނދޫ ކާޑު ހަމަވެ ރަތްކާޑު ދައްކާފައެވެ. އެއީ އޭނާ ޕެނަލްޓީ އޭރިއާ ތެރެއިން ޑައިވް ކުރުމުންނެވެ.

މި މޮޅާއެކު ސީރިއާއިން މިވަނީ 18 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ މަގާމު ގާތްގަނޑަކަށް ކަށަވަރު ކޮށްފައެވެ. މި ކޮލިފައިންގައި ކުޅުނު ހަ މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ.

ރާއްޖެއާއި ސީރިއާ ފުރަތަމަ ބައްދަލު ކުރި މެޗު އެޓީމުން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރާއްޖެ ޓީމުގެ ލަނޑު ކާމިޔާބު ކުރި އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑަށް ފައްސިވުމުން މިރޭގެ މެޗުގައި ކުޅެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ދަގަނޑޭ މިހާރު ބަލިން ރަނގަޅުވެފައި ވުމުން މާދަމާ ޓީމާ ގުޅޭނެއެވެ.

  1. ޙަސަން

    ޑައިބްކުރުމޭ؟ ކަނޑުކޮސް.

    • ގަމު މީހާ

      ދެން ކޮސް ކިޔޭނީ. ހަހަހަހާ.. ނަސީބެއްނު މުސްކުޅިވެރިން ސަޕޯޓް ކުރަން ގޮސްފަ ކިޔާހެން “އޭއް ރެފްރީ އެޖެހުނީ އަތުގަ ޕެރެންޓީ” އޭ ނުލިޔުނުކަން..