ޚަބަރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ކޮވިޑް-19އަށް ފައްސިވެއްޖެ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.

Ads by MWSC

މިނިސްޓަރު ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، މިނިސްޓަރ ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ، ކޮވިޑް-19އަށް ފައްސިވީ ނަމަވެސް އާދައިގެ ރޯގާއަކާ މާބޮޑު ތަފާތެއް ނެތް ކަމަށެވެ. އަދި މިހާރު ކުރިއަށް ވުރެ ބޮޑުތަން ރަނގަޅު ކަމުގައި ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑް-19އަށް ފައްސިވުމުން މި ބައްޔާ ބެހޭ ގޮތުން އެތައް މައުލޫމާތެއް އެނގޭކަން ވެސް ފައްޔާޒު ފާހަގަ ކުރައްވައިފައި ވެއެވެ.

ރާއްޖޭގައި ކޮވިޑް-18 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އައުމާ ގުޅިގެން މާލޭގައި ވަނީ ފުރަބަންދު އިއުލާން ކޮށްފައެވެ. އަދި ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު މަޑުމަޑުން ދަށް ވަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރުނު ތަފާސް ހިސާބުތަކުން ވަނީ ދައްކައިފައެވެ.

އެންމެ ފަހުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން މިހާތަނަށް 67،950 ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. އަދި މި ބަލީގައި ރާއްޖެގައި މިހާތަނަށް 185 މީހުން ނިޔާވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!