ޚަބަރު

ދިރާސީ އަހަރު ނިމެންދެން މާލޭ ސުކޫލުތައް ބަންދު، ކިޔެވުން އޮންލައިންކޮށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މިހިނގާ ދިރާސީ އަހަރު ނިމެން ދެން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ހުރިހާ ގްރޭޑްތަކުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ހާލަތަށް ރިޢާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތީން، މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލޭ ސަރަހައްދުގެ ހުރިހާ ސުކޫލެއްގެ ހުރިހައި ދަރިވަރުން ކިޔެވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށެވެ.

ކޮވިޑް19ގެ ނުރައްކާތެރިކަން އިތުރުވުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން 16 ގަޑިއިރުގެ ކާފިއުއެއް ހިންގުމާއި ހޮޓާ ރެސްޓޯރެންޓްތަކުގައި ކަސްޓަމަރުން ބައިތިއްބައިގެން ޚިދުމަތް ދިނުމާއި ޖިމްތަކާއި ސެލޫން އަދި މައިޒާންތަކާއި ޕާކްތައް ބަންދުކުރުން ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!