ކޮވިޑްގެ މަރެއް، ނިޔާވީ 83 އަހަރުގެ އަންހެނެއް

ކޮވިޑް-19ގައި ރާއްޖެ އިން އިތުރު އަންހެނަކު ނިޔާވެއްޖެއެވެ.
"ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލު ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއީ މި ބަލީގައި މިހާތަނަށް ރާއްޖެއިން ނިޔާވި 197 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި، ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون