ޚަބަރު

ރައީސް ޞާލިހަކީ މިހާތަނަށް އުފެދުނު ކޯލިޝަން ދަމަހައްޓަން އެންމެ ކުޅަދާނަ ލީޑަރު: ޖޭޕީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަކީ ކޯލިޝަން ހިފަހައްޓަން މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ލީޑަރު ކަމަށާއި، ޖުމްހޫރީ ޕާޓީ (ޖޭޕީ) އަބަދުވެސް އޮންނާނީ ރައީސް ޞާލިހާ އެކު ކަމަށް ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ޞާލިހު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީ ދެ ފެކްޝަނަކަށް ބައިވި ނަމަވެސް، ޖޭޕީގެ ލީޑަރު ވަކި ކޮޅަކަށް ނާރާނެ ކަމަށާއި، ޖޭޕީ އަބަދުވެސް އޮންނާނީ ރައީސް ސޯލިހާ އެކު ކަމަށް އަލީ ޞާލިހު ވިދާޅުވިއެވެ.

އަލީ ޞާލިހު ވިދާޅުވީ ރައީސް ޞާލިހަކީ ކޯލިޝަނެއް ހިފަހައްޓަން އެންމެ ކުޅަދާނަ އަދި އެންމެ ހިކުމަތްތެރި ރައީސް ކަމަށާއި، ޖޭޕީ އޮތީ ވެސް ރައީސް ޞާލިހުގެ ޒައާމަތުގައި ހެއްދެވި ކޯލިޝަނުގެ ސަބަބުން ކަމަށެވެ.

މިއަދު އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންތައްތަކަކީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާއިރު ގައުމަށާއި ރައްޔިތުންނަށް ވެސް އެންމެ ފައިދާހުރި ކަމެއް ކަމުގައި ނުދެކޭ ކަން ފާހަގަ ކުރައްވައި، ޞާލިހު ވިދާޅުވީ، ޑީއާރުޕީ ބައިބައިވި ގޮތަށް ސިޔާސީ ޕާޓީއެއް އަނެއްކާ ވެސް ފުނޑިގެން ގޮސް ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންތަކެއް ލިބޭތަން ދެކެން ބޭނުންނުވާ ކަމަށެވެ.

Ads by Ooredoo
  1. ޢަހުން

    ކޮންް ކޯލިޝަނެއްް. ލިބިފައިި އޮތްް މަގާމުތަކުގެ ދަހިވެތިކަމުގައިި ޤައުމުު ހަލާކުވެެ ފަނާވެދާއިރުވެސްް އަމިއްލަަ އެދުންް ކުރިއަަށްލައިގެންް ނަގޫފިތިފަަތިބިި ބައެއްް.

  2. އައިސް

    ގައުމު ވިއްކަން މޮޅީ

  3. ފަޔާޒު

    އަލީ ސޯލިހު ޖޭޕީގެ ސްޕޯކްސް ޕާސަންގެ މަގާމުގަ ހުރީމަ ހިތައްއެރިހާ ވާހަކައެއް ދައްކާކަށް ނުޖެހެ. މިހާރު ތިދެއްކީއަކީ ޖޭޕީ ސްޓޭޓްމަންޓް ނޫން. އަލީސޯލިހު މަގާމު ދިފާއުކުރަން އަމިއްލައަށް ދައްކާ ްވާހަކައައައައައައަ