ޚަބަރު

ރާއްޖެއިން ކޮވިޑަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 70،673އަށް އަރައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ފެތުރެމުން އަންނަ ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 372 މީހުން ފައްސި ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އޭގެ ތެރެއިން މާލެ ސަރަޙައްދުން ފައްސި ވީ އެންމެ 125 މީހުންނެވެ.

Ads by Sosun Fihaara

އެޗްޕީއޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު އަތޮޅު ތެރެއިން މި ބައްޔަށް ފައްސި ވީ 215 މީހުންނެވެ. އަދި ހިންގަމުން އަންނަ ރިސޯޓުތަކުން 30 މީހަކާއި ކަނޑު އުޅަނދުފަހަރުން އެކަކުގެ އިތުރުން ވިޔަފާރިއުސޫލަށް ބޭނުންކުރާ ރަށްރަށުން ވެސް އެކަކު ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު މުޅިއަކު 70،673 މީހުން ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ. އަދި ބަލިން ފަސޭހަ ވީ މީހުންގެ ޖުމްލަ އަދަދަކީ 61،761 އެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 8،703 މީހުން ތިބި ކަމަށާއި ހޮސްޕިޓަލުތަކުގައި މިވަގުތު 82 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން ދާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ މިހާރު 198އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!