ޚަބަރު

ފްލެޓް އަޅަން ސީލަައިފްއާ އެކު އެޗްޑީސީން ވީ އެއްބަސްވުން 3 ވަނަ ފަހަރަށް ބާތިލްކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑްއާ ހަވާލު ކުރެވިގެން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހުނު ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއުގެ އެއްބަސްވުން 3 ވަނަ ފަހަރަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބާތިލްކޮށްފިއެވެ.

Ads by STELCO

މިކަން އިއުލާނުކޮށް އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެމަޝްރޫއު ހިންގަން ސީލަައިފްއަށް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަމަށާއި ކޮންމެ ފަހަރަކު ވެސް އެ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ ހުޅުމާލޭގައި އިމާރާތް ކުރަން ސީލައިފްއާ ހަވާލުކުރެވުނު އެއްބަސްވުމާ ހިލާފަށް އެތައް ބައެއްގެ އަތުން ބުކިން ފީގެ އިތުރުން ޑައުންޕޭމަންޓްގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގާފައިވާ ކަމަށާއި އަދި އެފައިސާ އަނބުރާ ހަވާލު ނުކޮށްގެން 395 މީހުންނަށް އެކޯޕަރޭޝަނުން ބަދަލު ހަމަޖެއްސުމަށް ޓަކައި ހޭދަކުރަން ޖެހުނު ފައިސާ އަނބުރާ ހޯދުމަށް ސީލައިފްގެ ޑިރެކްޓަރުންނާއި ހިއްސާދާރުންގެ މައްޗަށް އެކޯޕަރޭޝަނުން ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ

މީގެ އިތުރުން ސީލައިފުން އެކޯޕަރޭޝަނަށް އޮޅުވައިލައިގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ މަގްސަދުގައި ބައިނަލްއަގުވާމީ ބޭންކެއްގެ ނަން މަތީގައި ފޯޖު ކުރެވިފައިވާ ގެރެންޓީއެއް އެ ކޯޕަރޭޝަނަށް ހުށައަޅާފައިވާކަން އެބޭންކުން އެކޯޕަރޭޝަނަން އަންގާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަހްގީގުކޮށް ދައުވާ ކުރުމަށް ހުށައަޅާފައިވާކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ހުޅުމާލޭގައި އެޅުމަށް ހަމަޖެހުނު 3000 ހައުސިންގ ޔުނިޓްގެ މަޝަރޫޢު ހިންގުމާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 2014 މާރިޗު 13 ވަނަ ދުވަހުއެވެ. ފިޔަވަހިތަކަކަށް ބަހައިލައިގެން ކުރިޔަށް ގެންދިއުމަށް އެއްބަސްވެވުނު އެމަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޢިމާރާތްކުރުމަށް ކަނޑައެޅުނީ 1000 ހައުސިން ޔުނިޓްގެ މަސައްކަތެވެ.

އެމަޝްރޫއު ކުރިއަށް ނުގެންދެވި ވަނީ އެކޯޕަރޭޝަނުގެ އިހްމާލުން ނޫންކަމަށް ވެސް އެޗްޑީސީން މިރޭ ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ތަބުރޫކު

    ހާސްނުވޭ އެއްބަސްވުމުގައި އަންނަމަހު އަލުންސޮއިކުރެވޭނެ