ފިލްމު "ބޭދިޔާ" ގެ ޝޫޓިންތައް ވަރުން އަނެއްކާ ވެސް ފަށަނީ

ހޮރޯ ކޮމެޑީ ފިލްމު "ބޭދިޔާ"ގެ ޝޫޓިންތައް މި މަހުގެ 26 ގައި އަނެއްކާ ވެސް ފަށާ ގޮތަށް ނިންމައިފިއެވެ.
އަމަރް ކޯޝިކް ޑައިރެކްޓްކޮށް ދިނޭޝް ވިޖޭން ޕްރޮޑިއުސްކުރާ "ބޭދިޔާ" މަސައްކަތް ފަށައިފައި ވަނީ މާރިޗް މަހު ތެރޭގައެވެ. ބޮލީވުޑްގައި މަޝްހޫރު ތަރި ވަރުން މި ފިލްމުގައި ފެނިގެންދާއިރު ވަރުންގެ އިތުރުން ލީޑް ރޯލުން ފެނިގެންދާ އަންހެން ބަޠަލަކީ ކްރިތީ ސެނޮންއެވެ.
މި ފިލްމުގެ ގާތްގަޑަކަށް ނުވަދިހަ ޕަސަންޓް ޝޫޓިންތައް ނިމިފައިވާކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެއެވެ. ފިލްމުގެ ޓީމާ ހަވާލީ ޚަބަރުތައް ބުނާގޮތުން ޝޫޓިންތައް ކުރިއަށް ގެންދާނީ ކޯވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.
މި ފިލްމުގައި ސްޕެޝަލް އިފެކްޓް ގިނަ ކަމަށްވެސް ފިލްމުގެ ޓީމުން ބުނެއެވެ. އަދި އެކި ސަރަހައްދުތަކުގައި ގިނަ ޝޫޓިންތައް ކުރަން ޖެހޭ ކަމަށާއި، މި ފިލްމުގެ މަސައަކަތަކީ ބުރަ މަސައްކަތެއް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. މި ފިލްމުގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތްތައް ޚާއްޞަ ޓީމެއް ވެސް ވަނީ ތަމްރީންކޮށްފައެވެ.