ކޮވިޑް-19: 68 އަހަރުގެ އަންހެނެއް ނިޔާވެ، ޖުމްލަ އަދަދު 202އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 68 އަހަރުގެ އަންހެނެއް ނިޔާވެއްޖެއެވެ.
"ދެން"އަށް އެނގިފައިވާ ގޮތުގައި ނިޔާވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ. އޭނާ ނިޔާވީ ރޭ ދަންވަރު 2:05 ހާއިރު ކަމަށް ވެސް މައުލޫމާތު ލިބިފަައިވެއެވެ.
މިއީ ރާއްޖެއިން މިހާތަނަށް މި ބަލީގައި ނިޔާވި 202 ވަނަ މީހާއެވެ. އަދި މި މަހު ނިޔާވި 41 ވަނަ މީހާއެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون