ބިކިނީ ލައިގެން މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ފުލުހުން ހުއްޓުވައިފި

ބިކިނީ ލައިގެން މާލޭ އާޓިފިޝަލް ބީޗުގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ފުލުހުން ހުއްޓުވައިފިއެވެ.
އެނގިފައިވާ ގޮތުގައި މިއަދު މެންދުުރުފަހު ހިނގި އެ ހާދިސާގައި ފުލުހުން އެ މައްސަލަ ބަލަން ދިޔައީ، އެތަނުގައި ހުންނަ ޗެކްޕޯސްޓަކަށް އާންމުންގެ މީހަކު ޝަކުވާ ހުށަހެޅުމުންނެވެ.
އެނގިފައިވާ ގޮތުގައި ބިކިނީ ލައިގެން މޫދަށް އެރި އޮތް ފަތުރުވެރިޔާއަށް ފުލުހުން ވަނީ ގޮސް ނަސޭހަތް ދީފައެވެ. ނަސޭހަތް ދިނުމުން އެ މީހާގެ ގައިގާ ތުވާއްޔެއް އޮޅި ކަމަށާއި ފަހުން ހެދުން ލި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި އާންމު ބީޗްތަކަށް ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރި އުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް އެހެން ދުވަސް ކޮޅުކޮޅުން އާންމުކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ބީޗުގައި ވެސް ފަތުރުވެރިން ބިކިނީ ލައިގެން މޫދަށް އެރޭ މައްސަލަތައް ފެންމަތިވެއެވެ. ބައެއް ފަހަރު ފުލުހުން އެފަދަ ފަތުރުވެރިންނަށް ނަސޭހަތް ދިނުމުން އެ މީހުން އެކަމާ ނުރުހުން ފާޅުކޮށް، ބޮޑު މައްސަލަތަކެއް ވެސް ކުރިމަތިކުރެއެވެ. ނަމަވެސް ފުލުހުން ދައްކާ ވާހަކަތަކާ ދެކޮޅު ނުހަދާ ނަސޭޙަތް އަޑު އަހައި ފަތުރުވެރިން ވެސް މަދު ނޫންކަން ފާހަގަވެއެވެ.
ޙޯމްސްޓޭ ވީމަ ބީޗަކު ނޫން ބިކިނީ ލާނީ ގޭތެރޭގައި . މައިން ދަރިން ކުރިމަތީގަ ވަރަށް ހިތް ގައިމުވާނެ