ޚަބަރު

ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިދޭން ދަނީ މަޝްވަރާ ކުރަމުން: މަބްރޫކް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ލުއިދޭން މަޝްވަރާ ކުރަމުން ދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް ޢަބްދުލްއަޒީޒް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެޗްޕީއޭއާއި ރައީސް އޮފީހުގެ ފަރާތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކެފޭ ރެސްޓޯރެންޓްތަކުގެ ހިދުމަތް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރާ މީހުންނަށް ދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެހެން ފިޔަވަޅުތަކުން ވެސް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރާ ފަރާތްތަކަށް ދިނުމަކީ ވެކްސިން ޖެހުމަށް އިތުރަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް ގަބޫލް ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އެ ފަދަ ފަރާތްތަކަށް ލުއިދެވިދާނެ ގޮތްތަކަކާ ގުޅޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އެ ލުއިތައް އިއުލާން ކުރަމުންދާނެ ކަަަމަށެވެ.

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތަކަށް މިރޭ ވަނީ އިތުރު ލުޔެއް ދީފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު މިހާރު ހަވީރު 6:00އިން އަނެއް ދުވަހުގެ ފަތިހު 4:00އަށް ވަނީ ބަދަލު ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!