އަންހެނުން ޚިތާނުކުރުމާ މެދު ޚިޔާލު ހޯދާކަށް ނުފެނޭ، ބަލަންވީ އެކަން ހުއްޓުވޭތޯ: އީވާ
އަންހެނުން ޚިތާނު ކުރުމާ މެދު އިދާރާތަކުގެ ޚިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމުމުން އެއީ ޚިޔާލު ހޯދަން ޖެހޭ ކަމެއް ނޫން ކަމަށާއި ބަލަންވީ އެކަން ހުއްޓުވޭތޯ ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން އިތުރަށް ޚިޔާލު ހޯދުމަށް ފެނިވަޑައިނުގަންނަވާ ކަމަށާއި އޭގެ ބަދަލުގައި މަޖިލީހުން މަސައްކަތް ކުރަން ޖެހޭނީ އެކަން ހުއްޓުވުމަށް ކަމަށެވެ. އަދި އެކަން ކުރުން މަނާކޮށް، އިތުރަށް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކިހާ މިންވަރަކަށް ތޯ ބެލުން މުހިންމު ކަމަށެވެ.
“އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ފީމޭލް ޖެނިޓަލް މިއުޓިލޭޝަންއާ ދޭތެރޭ ގޮތް ހޯދުމެއް ނޫން އަޅުގަނޑުމެން ކުރަން ޖެހޭ މަސައްކަތަކީ. އަޅުގަނޑުމެން މިހާރު ކުރަން އޮތް މަސައްކަތަކީ އެކަން ހުއްޓުވާ، މަނާކޮށް، އިތުރަށް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް އަޅަންވީ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކިހާ މިންވަރަކަށްތޯ” އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ ކޮމިޓީއަކުން ނިންމައިފައިވާ ނިންމުމެއް ހުއްޓުވުމުގެ ބާރެއް އޭނާއަށް ނޯންނާނެ ކަމަށާއި. ނަމަވެސް އެ ނިންމުން އިތުރަށް މުރާޖާ ކުރުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
“ފީމެއިލް ޖެނިޓަލް މިއުޓިލޭޝަނަކީ ކޮން ކަހަލަ ކަމެއްތޯ ޚިޔާލު ހޯދުމަކީ އަޅުގަނޑަށް ޤަބޫލުކުރެވޭ ކަމަކަށް ނުވާތީ އެކަން މުރާޖަޢާކުރަން ކޮމިޓީގައި އަޅުގަނޑު ވާނީ ދަންނަވައިފައި“ އީވާ ވިދާޅުވިއެވެ.
އަންހެނުން ޚިތާނުކުރުމަށް ހިތްވަރު ލިބޭ ގޮތަށް ޑރ.މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފު ވާހަކަދައްކަވައިފައިވާ ކަމަށް ބުނެ އެކަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ މެދުވެރިކޮށް ބެލުމަށް ހުށަހަޅައިފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.
ތީ ވ އިހު ޒަމާނެއްގަ ރާއްޖޭގަ ކުރި ކަމެއް މިހާރު ކުރާކަމެއްނޫން މިފަހުން ތިކަން ކޮށްފަ ހުރި މީހެއް ނޫޅޭ ދިރާސާތަކުން ދައްކާ ގޮތުގަ 45-60 އަހަރު މަތީ މިހުން ކޮށްފަ ހުރީ ތީ ކުރާ ކަމެއްކަން މިކަން ބޮޑު ކުރީމަ ގިނަ ދިވެހިންނަށް އެނގުނީވެސް