ބޮލީވުޑް

ޝިލްޕާ ޝެޓީ ލީޑް ރޯލުން ފެނިގެންދާ “ހަންގާމާ 2” މިމަހު 23ގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

ދުވަސްތަކަކަށް ފަހު ޝިލްޕާ ޝެޓީގެ އެކްޓިން ފެންނާނެ ފިލްމު "ހަންގާމާ 2" މި މަހު 23ގައި ރިލީޒްކުރަން ނިންމައިފިއެވެ.

Ads by MWSC

މި ފިލްމުގައި ޝިލްޕާގެ އިތުރުން ޕަރޭޝް ރާވަލް، ޕްރަނީތާ ސްބާޝް އަދި މީޒާން ޖެފްރީ ވެސް ފެނިގެންދާނެއެވެ. މި ފިލްމަކީ ޕްރިޔަދަރްޝަން ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާއަކީ ކޮމެޑީ ފިލްމުތައް ހެދުމުގައި ބޮލީވުޑްގައި އެންމެ ކާމިޔާބު އެއް ޑައިރެކްޓަރެވެ.

ޑިޒްނީ ޕްލަސް ހޮޓް ސްޓާރއިން މި މަހު 23 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރަން ނިންމާފައިވާއިރު އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަމަށް ޕްރިޔަދަރްޝަން ވަނީ ބުނެފައެވެ. ޝިލްޕާ ޝެޓީގެ އެކްޓިން ފެނިގެން މިދަނީ ދުވަސްތަކަކަށް ފަހުއެވެ. އޭނާ ބުނީ މި ފިލްމުގެ މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށާއި ވަރަށް ގިނަ ދުވަސްތަކަކަށް ފަހު ފިލްމެއްގައި އެކްޓު ކުރެވުން ވެގެން ދިޔައީ ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ފިލްމަކީ 2003 ވަނަ އަހަރު ދެއްކި ފިލްމު "ހަންގާމާ"ގެ ސީކުއަލް އެކެވެ. މި ފިލްމުގެ ޓްރެއިލާގައި ބޭނުންކޮށްފައިވަ ނީ 90އިގެ އަހަރެއްގައި ޝިލްޕާ ޝެޓީ ފެނިގެންދިޔަ ހިންދީ ލަވައެއްގެ ރިމިކްސްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!