ބޮލީވުޑް

ބޮލީވުޑް ސްކްރީން: ޕްރިޔާންކާއާއި މާދުރީގެ ޙަޔާތުން ގިނަ މީހުންނަށް ނޭނގޭ ކަމެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދުގެ ބޮލީވުޑް ޚަބަރުތަކަށް ބަލަައިލާ އިރު މިވަނީ، މަޝްހޫރު ބައެއް މީހުންނާ ބެހޭ ގޮތުން ކުރިން ނޭނގޭ ބައެއް ވާހަކަތައް ފެންމަތިވެފައެވެ.

މަޝްހޫރު އެކްޓްރެސް ޕްރިޔާންކާ ޗޯޕްރާއަށް ހަރްމަން ބަވޭޖާ ބޭވަފާތެރިވި ޚަބަރާއި، އަދިވެސް ، އެފަދަ ދެވަނައެއް ނުވާ މާދުރީ ދިކްޝިތު މަސްތުވާތަކެތީގެ ވަބާގައި އެއިރު ޖެހިފައި ހުރި ސަންޖޭ ދަތު ސަލާމަތް ކުރެވޭތޯ މަސައްކަތް ކުރުން ހިމެނެއެވެ.

ޕްރިޔާންކާއަށް ވެސް މީހަކު ބޭވަފާތެރިވި؟

ބޮލީވުޑްގެ އެކްޓަރުން ކަމުގައިވާ އަކްޝޭ ކުމާރްއާއި ޝާހިދު ކަޕޫރާ އެކު ލޯބީގެ ގޮތުން ޕްރިޔާންކާ ގުޅުނުކަން ގިނަ ބަޔަކަށް އެނގުނު ކަމުގައި ވިޔަސް، އިންޑަސްޓްރީގައި މަސައްކަތް ކުރާ އެހެން ބައެއް އެކްޓަރުންނާ ވެސް ގުޅުންކަމެއް ގިނަ ބަޔަކަށް އެނގިފައެއް ނުވެއެވެ.އެގޮތުން އެކްޓަރު ހަރްމަން ބަވޭޖާއާއި ވެސް ޕްރިޔާންކާ ލޯބީގެ ގޮތުން ގުޅުނުކަން އެއިރު ވެގެން ދިޔައީ ވަރަށް ފިނި ޚަބަރަކަށެވެ.

ފަސް އަހަރު ދުވަހު އެއްކޮށް އުޅެފައި ދެ މީހުން ވަކިވީ، ހަރްމަންގެ ފިލްމީ ކެރިއަރު އެހާ ކާމިޔާބު ނުވުމުން ކަމަށް ކުރިން ބުނި ނަމަވެސް، ހަގީގަތުގައި ކަންތައް ވެފައި ވަނީ އެހެން ނޫންކަމަށް މިއަދު ބައެއް ރިޕޯޓުތަކުން ބުނެއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ހަރްމަންއާ އޮތް ގުޅުން ޕްރިޔާންކާ ކަނޑައިލީ، ދެކުނު އެފްރިކާއަށް ޝޫޓިންގަކަށް ގޮަސް އުޅުމުގެ ތެރޭގައި ހޮޓަލެއްގެ ކޮޓަރި ތެރޭގައި އެހެން ދެ އަންހެނަކު ގޮވައިގެން އޮއްވާ ޕްރިޔާންކާއަށް ފެނިގެންނެވެ. ހަމަ ލޮލަށް އެ މަންޒަރު ފެނުމާ އެކު ހަރްމަން ދޫކޮށްލަން ޕްރިޔާންކާ އެއްވެސް ޖެހިލުމެއް ނުވިއެވެ.

މަސްތުވާތަކެތިން ސަންޖޭ ދުރުކުރުވޭތޯ މާދުރީ ވަރަށް މަސައްކަތް ކުރި!

އެކްޓަރު ސަންޖޭ ދަތަކީ މީގެ ކުރިން މަސްތުވާތަކެތީގެ ވަބާގައި ވަރަށް ބޮޑަށް ޖެހި، ގެނބުނު މީހެއްކަމީ ގިނަ މީހުންނަށް އެނގި ބާ ވެފައިވާ ވާހަކައެކެވެ.

ނަމަވެސް ބާ ނުވާ އެއް ވާހަކައަކީ ބޮލީވުޑްގެ ކުޅަދާނަ އެކްޓްރެސް، މާދުރީއާއި ސަންޖޭ ކުރިން ލޯބީގެ ގޮތުން ގުޅުނު ވާހަކައެވެ.

ސަންޖޭގެ ފުރަތަމަ އަނބިމީހާ ރިޗާ ޝަރްމާ ކެންސަރު ބަލީގައި މަރުވި ފަހުން، ސަންޖޭ ފެށީ މަސްތުވާތަކެތި ބޭނުން ކުރާށެވެ.

މާދުރީއާ ލޯބީގެ ގޮތުން ގުޅުނީ ވެސް އެ އެކަމުގެ ތެރޭގައި ކަމަށް ވެއެވެ.

މަސްތުވާތަކެތިން ސަންޖޭ ސަލާމަތް ކުރެވޭތޯ މާދުރީ ވަރަށް މަސައްކަތް ކުރި ކަމަށް ވެއެވެ. އެގޮތުން ސަންޖޭއަށް އެހީތެރިވުމުގެ ގޮތުން އެކިއެކި ތެރަޕީ ސެޝަންތަކަށް ވެސް އޭނާ، ސަންޖޭ ގޮވައިގެން ގޮސް އުޅުނެވެ.

ނަމަވެސް އެ ދެ ތަރިންގެ ލޯބީގެ ގުޅުން މާ ގިނަ ދުވަހަކު ދެމިއެއް ނުއޮތެވެ. މަދޫރީއަކީ އޭނާގެ ހަޔާތުގައި ވަރަށް މުހިންމު މީހެއް ކަމަށް ވެސް ސަންޖޭ ބުނެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!