ޝިދާތާ މަޤާމުން އިސްތިޢުފާ ދެއްވަން ޖެހުނީ އިމްރާންގެ އަނބިކަނބަލުންނާ ހެދި: ބޮންޑޭ
ސަރުކާރު ކޯލިޝަންގެ އަދާލަތު ޕާޓީގެ ސްލޮޓްގައި ހޯމް މިނިސްޓަރުގެ މަޤާމުގައި މިވަގުތު ހުންނެވި ޝެއިޚް އިމްރާން މަޤާމުން ވަކިކޮށް، އެ މަޤާމަށް މިނިސްޓްރީ ހިންގޭ ފަރާތަކާ ހަވާލުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަރިހުން، މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެދިވަޑައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވައިފައިވާ، ޤާނޫނު ނަންބަރު 32/2015 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ، ހަނގުރާމަތަކަށް ގޮސްފައި އަންނަ ފަރާތްތައް ރިހެބްލިޓޭޓް ކުރާ ވާހަކަ ބިލުގައި އެބައޮތް ކަމަށާއި އެހެން ނަމަވެސް އެކަން ކުރަން ހަވާލު ކުރަން މިޖެހެނީ ފެއިލްވެފައި އޮތް ފަރާތްތަކާ ކަމަށެވެ. ޝެއިޚް އިމްރާންއަށް މުޚާތަބު ކުރައްވައި ބޮންޑޭ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް އެކަމުން ދުރުކުރުމަށް ރިހެބްލިޓޭޝަން ޕްރޮގްރާމެއް 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ކުރިޔަށް ގެންދާ ކަމަށާއި ނަމަވެސް އެ ޕްރޮގްރާމް ވެސް ފެއިލްވެފައިވާ ކަމަށެވެ. އަދި ފެއިލްވެފައިވާ ފަރާތްތަކަށް މިކަން ކުރަން ދީގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭގެ ވާހަކަފުޅުގައި ވިދާޅުވީ، އިމްރާނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އެބޭފުޅާއަށް އިޙްތިރާމް ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މަޤާމުން ދުރުކޮށް މިނިސްޓްރީ ހިންގޭ ފަރާތަކާ އެތަން ހަވާލު ކުރުމަށް ބޮންޑޭ ގޮވައިލެއްވިއެވެ.
އަދާލަތު ޕާޓީގެ ސްލޮޓްގައި ޖެންޑާ މިނިސްޓަރުކަމުގައި ހުންނަވަނިކޮށް މިދިޔަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި އެމްޑީޕީން އިތުބާރު ނެތް ކަމަށް ވޯޓެއް ނަގަން ނިންމެވުމުން އިސްތިއުފާ ދެއްވި، ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ޝިދާތާއަކީ ވަަރަށް ރަނގަޅަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި މަޤާމުން އިސްތިއުފާ ދެއްވަން ޖެހި ވަަޑައިގަތީ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިމްރާންގެ އަނބިކަބަލުން ދިފާއު ކުރައްވަން މަސައްކަތްފުޅު ކުރައްވަން ހައްދަވައިގެން ކަމަށެވެ. އެދި އެކަމަނާއަށް ވަރަށް ތާޢީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން، ބޮންޑޭ ވިދާޅުވީ، ރިހެބްލިޓޭޝަން ޕްރޮގްރާމްތައް ހިންގައިފައި އޮތީ، ބުޅަލަށް ބަތް ޕާރުސަރު ދޭ އުސޫލުން ކަމަށާއި މިފަދަ ތަންތަން ފެއިލް ވެފައި އޮތް މިންވަރު ސޯޝަލް މީޑިއާ ޕޯސްޓްތަކުން ފެންނަ ކަަމަށެވެ
"ޖެންޑާ އެންޑް ފެމިލީގައި ސްޓޭޓް މިނިސްޓަރަކަށް ހުރީ އިމްރާންގެ އަނބިކަނބަލުން. ކުޑަ ކުދިންގެ ހިޔާގައި ހުޅުޖަހާ، ކުޑަކުދިން އެތާންގައި ތިބޭ ކުދިން ގެންގޮސް ޖިންސީ ބޭނުމަށް ބޭނުންކޮށް، އެހެން ގޮސް ރާއްޖޭގައި އޮތީޔާ އޮތް ފެސިލިޓީއެއް ހަލާކުކޮށް މުޅި މަގުތަކުގައި ކުދިންތައް ތިބީ" ބޮންޑޭ ވިދާޅުވިއެވެ
ޝައިޙް އިމްރާންގެ ދިރިއުޅުމުގެ ތެރެއަށް ވަދެ، އުފާވެރި ކައިވެންޏެއް ރޫޅާލައި އާރާބާރަށް މަސައްކަތްކުރާ އަންހެނަކަށް ދެންކޮންކަމެއް ރަނގަޅަށް ކުރެވޭނީ
ޖެންޑަރ މިނިސްޓްރީގެ ކަންކަން ބޮއްސުންލަނީ ކަނޑުކޮހުން ވެރިންނަށްލީމަ.
ކަންނުކޮށް، ދެއްކުމަށް ހޭކޭން އުޅޭ އަންހެނުން ގިނަވީމަ ދެން ތަނަށްވާންވީ ގޮތްތިޔަވީ
ޢިމްރާނުގެ ދިރިއުޅުމުގެ ތެރެއަށް ވަދެވޭނީ އިމްރާނު ވައްދަން ހުރީމަ ، އެކަމަކާ ތިބުނާ ޔުމްނާ އަކަށް އެއްޗެއް ކިޔާނެ ކަމެއް ނެތް. ޢަނބިމީހާގެ ތައްޕާހުން ދިރިއުޅެމުން އައި ހަތަރު ފަސް ކުދިންގެ ބަފަޔަކު ތިމާގެ ޒިންމާ އަށް ނުވިސްނާ މަގާމެއް ލިބުނީމަ ތިމާގެ އަނބިދަރިން މަތިން ހަނދާން ނައްތާލީމަ ޔުމްނާގެ ކުށަކީ ކޮބާ
ޔުމްނާއަކީ ވަރަށް އެތިކްސް ދަށް މީހެއްކަމަށް މަޢުލޫމާތު ލިބޭ.
ޒިންމާ ނުނެގޭއިރު ކީއްކުރަންބާ މަޤާމުގަ ތިބެނީ
އިސްތިއުފާ ދީބަލަ
ޖެންޑާ އަކީ ދެން މާގަދަ ތަނެއް. ކޮންމެސް ރިސްމީއެއް ބޮޑަކަށް ލައިގެން އޭނައަކަށް ނޭގޭ ވާނުވާވެސް.
ޔުމްނާ އާއި ރިސްމީ އިސްވެތިބެ ހިޔާގައިތިބި ކުދިންތައް ރަށްރަށް އުކާލީ.
ޢެކުދިންނަށް އެއްވެސް އަޅާލުމެއް ތިޔަ ޖެންޑާ އަކުން ނުދޭ.
ރަށްރަށުގެ ތެރޭގައި ކުދިން ލާހޫރެނީ.
މިވެރިން ބޮޑު މުސާރަ ނަގައިގެން ގޭގައި
ކިހާ ސަޅި
ޢެމްޑީޕީގެ ބޭނުމަކީ ކޯލިޝަންގައި ހިމެނޭ އެހެންޕާރޓީތަކުގެ މިނިސް ޓަރުންނަށް ޕްރެޝަރ ކޮށްގެން ނޫނީ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނެކަމުގެ ބިރު ދައްކައިގެން މަގާމުން ދުރު ކުރުވުމަށްފަހު ، އެމްޑީޕީގެ މީހުން މަގާމްތަކަށް ލުން . ދެން މިހާރު މުނާފިގު ކަލޭގެ އިމްރާނުގެ އަންހެނުންނޭ
މނޖ ކިތާނެ ކަމެއްނެތް.
ޝިދާތާ އިސްތިއުފާ ދިންއިރު ޔުމްނާއަކީ އިމްރާނު އަންހެނުންއެއް ނޫން. ޝިދާތާގެ އިސްތިއުފާގެ އަޑީގައި ތިބީ އެތާ އޭރު ހުރި ސްޓޭޓް މިނިސްޓަރު އައިސްތުއާ، ސްޓޭޓް މިނިސްޓަރ އިފްހާމްއާއި، ކޮމިއުނިކޭޝަން ޑިރެކްޓަރ އިބްރާހިމް. ދެން މަޖިލީސް ތެރެއިން އީވާ އާއި މީކާއިލް. އެމީހުންނަށް ހޯރަ އިއްބެ މިނިވަންކޮއްގެން ޝިދާތާ ކުރި ޓްވިޓް ކަމު ނުދިޔައީ.
މަސްތުބާތަކެތީގެ މައްސަލަ ތަކާއި އެންޑީއޭގެ ކަންކަން ބަލަނީ ސްޓޭޓް މިނިސްޓަރު އައިސްތު.
ޝިދާތާ އަށް ވީގޮތެއް ވީ ސްޓޭޓް މިނިސްޓަރ އައިސްތުއަކާއި އިފްހާމްއަކާ ކޮމިއުނިކޭޝަންސް ޑިރެކްޓަރ އިބްރާހިމެއް މާ ގާތްކުރެވުނީ. ދެން އޮތީ ޔުމްނާގެ ވާހަކަ، ތިޔަ މިނިސްޓްރީގެ ހުރިހާ މުވައްޒަފުން އެއްކޮށްލާފަ އަހާލަބަލަ އޭނާގެ މަސައްކަތް. ރެޔާ ދުވާލު އެތަނުގެ މުވައްޒަފުންނަށް ހުރި ދަތިތައް ފިލުވަން އެތައް މަސައްކަތެއް ކުރޭ. ތިބުނާ އައިސްތުއަކާ އިފްހާމް އަކަށް ވީކަމެއް ދައްކަބަލަ. ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފަސޭހަ ގޮތް ހޯދަ ދޭން ޖެހޭއިރު، އެދާއިރާއިން އެހާ މޮޅަށް ކިޔަވާ ވިދާޅުވެގެން ހުރި ބޭފުޅާއަށް ވީ ކޮންކަމެއް.
ތި ބުނާ އިފްހާމް އަކާ އައިސްތުއަކާ ވެސް ހަވާލުކުރި ހިޔާ ހިންގަން. ކަންކަން ނުކޮށް ތިބެ ކޮންހާ އަނގައެއް މިއަރުވަނީ މެމްބަރުންނަށް މަޢުލޫމާތު ދީގެން.