ބޮލީވުޑް

ސޮނާކްސީއާއި ރިތޭޝް ދެން ފެންނާނީ ބިރުވެރި ފިލްމަކުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ސޮނާކްޝީ ސިންހާއާއި ރިތޭޝް ދޭޝްމުކް އެކުގައި ފުރަތަމަ ފަހަރަށް ފެންނާނީ ހޮރޯ ކޮމެޑީއަކުން ކަމަށް ބޮލީވުޑްގެ ޚަބަރުތައް ބުނެފިއެވެ.

Ads by Sosun Fihaara

މި ފިލްމަކީ މަރާތީ ޑައިރެކްޓަރ އަދިތްޔާ ސަރްޕޮޓްދާރް އުފައްދާ "ކަކޫދާ" އެވެ. ފިލްމުގެ ޝޫޓިންގެ މުއްދަތަކީ 40 ދުވަހެވެ. ފިލްމުގެ މަސައްކަތް އަންނަ ހަފްތާގައި އިންޑިއާގެ ރާޖިސްތާނުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ފިލްމާ ގުޅޭގޮތުން ސޮނާކްޝީއާއި ރިތޭޝް ވިދާޅުވީ ފިލްމާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށާއި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް ކުޅެން ލިބުމުން ޝޫޓިންއަށް ވަރަށް ތައްޔާރުކަމަށެެވެ.

ރިތޭޝް އަދި ސޮނާކްޝީގެ އިތުރުން "ރޭސް 3"ގެ ތަރި ސާގިބް ސަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. މި ފިލްމަކީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ހަދާ ފިކްޝަނަލް ފިލްމެކެވެ.

ރިތޭޝް އަދި ސޮނާކްޝީގެ އިތުރުން "ރޭސް 3"ގެ ތަރި ސާގިބް ސަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެއެވެ. ފިލްމާ ގުޅޭ ގޮތުން ޑައިރެކްޓަރު އަދިއްތާ ބުނީ މި ފިލްމަކީ ބެލުންތެރިން ބަލާ ހިތްވާނެ ކަހަލަ ފިލްމަކަށް ވެގެންދާނެ ކަމަށެވެ. އަދި މި ފިލްމަށް އޮތް އުންމީދު ބޮޑު ކަމަށާއި ފިލްމުގެ ކާސްޓުންނާ ދޭތެރޭ ވެސް ހިތްހަމަޖެހޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!