ރިޕޯޓް

އީނާސް ޖިންސީ ގުނަވަން ބަދަލުކޮށް އީމާންއަށް: އެކަމަށް ފާޑުކިޔުމުން އެއް ބަޔަކު ރަތަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ޓްވިޓާ ރޭ ފުރިފައި ވަނީ ފިރިހެނަކަށްވާ ހިތުން މީގެކުރިން އުޅުނު ދިވެހި އަންހެނަކު، ރާއްޖެއިން ބޭރަށް ގޮސް ޖިންސީ ގުނަވަން ބަދަލު ކުރުމުގެ އޮޕަރޭޝަނެއް ކޮށް އެކަން އޭނާ އަމިއްލައަށް އިއުލާނު ކޮށްފައިވާ ޚަބަރުންނެވެ.

Ads by Sosun Fihaara

އައިމިނަތު އީނާސް ނަމަކަށް ކިޔާ އެ އަންހެން މީހާ މީސް މީޑިއާ އެކައުންޓުތަކުގައި އޭނާގެ ނަން ކަމުގައި ބުނެފައި ވަނީ އީމާން އެޒެކިއެލްއެވެ.

ޖިންސީ ގުނަވަން ބަދަލު ކޮށްފައިވާކަން އޭނާ އަމިއްލައަށް އިއުލާން ކުރީ ޓިކްޓޮކް މެދުވެރިކޮށެވެ. އެ ގޮތުން އޭނާ އެ ވިޔާނުދާ އޮޕަރޭޝަން ކޮށްފައިވާ ފުރަތަމަ ދުވަހުގެ ވީޑިއޯ ކޮޅަކާއި އެއް މަސް ދުވަސް ވެފައިވާކަން އަންގައިދޭ ވީޑިއޯކޮޅެއް އެއްކޮށްލައިފައިވާ ވީޑިއޯއެއް ވަނީ ހިއްސާ ކޮށްފައެވެ.

އީނާސްއަކީ 2019 ވަނަ އަހަރު ބޭއްވި ޙަފްލާއަކަށް ފިރިހެނެއްހެން ހެދުން އަޅައިގެން ދިޔުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭރުވެސް އަމާޒުވި މީހެކެވެ. ނަމަވެސް އެ އިރު އެ ފާޑުކިޔުންތަކަށް ރައްދު ދީ، އަންހެނުން ވެސް ފިރިހެނުން ފަދައިން "ކޯޓު ފަޓުލޫނު" ލުމަކީ މައްސަަލައެއް ނޫން ކަމަށް ބުނެ އެތައް ބަޔަކު ވަނީ "ސޫޓްސް މީ" ގެ ނަމުގައި ހަރަކާތެއް ވެސް ހިންގައިފައެވެ. އެ ހަރަކާތުގައި ރާއްޖޭގެ ނަން މަޝްހޫރު އެކި ސިޔާސީ ކަނބަލުންނާއި އެ ނޫން ވެސް ކަނބަލުން ކޯޓު ފަޓުލޫނު ލައިގެން ބައިވެރިވިއެވެ.

އެއްވެސް ޖެހިލުމެއް، ލަދެއް ނެތި އީނާސް ނުވަތަ އޭނާ މިހާރު ބުނާ ގޮތުން ނަމަ އީމާން، ޖިންސީ ގުނަވަން ބަދަލު ކޮށްފައިވާކަން އިއުލާނު ކުރުމުން މިފަހަރު ވެސް އެތައް ބަޔަކު އެކަމާ އޭނާއަށް ފާޑުކިއެވެ. އޭނާ ކޮށްފައި އެވަނީ ވަރަށް ވެސް ހުތުރު، އަދި ނުބައި ކަމެއްކަން ވިސްނައިދެވޭތޯ ވެސް އެއް ބަޔަކު ބެލިއެވެ.

ނަމަވެސް ހިތާމައަކީ، އޭނާ އެކުރި ކަންތައްތަކަކީ "މައްސަލައެއް ނޫން" ކަމަށް ވެސް އެއް ބަޔަކު ބުނުމެވެ. އެމީހުން ބުނި ގޮތުގައި އެއީ އޭނާގެ އަމިއްލަ ކަމެކެވެ.

އީމާން ކުރި ނުބައި ކަންތައް ބަލައި ނުގަނެ އެކަމަށް ފާޑު ކީ މީހުންނާ ދިމާލަށް، އޭނާ އެކުރި ކަންތަކަށް ސަޕޯޓު ކުރާ މީހުން ވަނީ މީސް މީޑިއާގައި ވަރަށް ހުތުރު ގޮތްގޮތަށް އެއްޗެހި ކިޔައިފައެވެ. އެގޮތުން އެއް ބަޔަކު ބުނި ގޮތުން ނަމަ މާތް ﷲ ތިމާ ހެއްދެވި ގޮތް ބަދަލުކުރުމުން އެކަމާ ބަޔަކު ފާޑު ކިޔަނީ އީނާސް ނުވަތަ އީމާންގެ "ލެޔަށް ފެން ބޮވައިގަނެގެން" އެވެ. އަދި އެކަމެއް ކުރީ "އަތު ނުޖެހޭ ހިސާބު މާ ދުރުގައި ހުރެގެން ކަމުން، ރުޅިއަންނަނީ" ކަމަށް ވެސް ބުނެފައިވެއެވެ.

އީމާން ނުވަތަ އީނާސްގެ ދިފާއުގައި ދީން ޤަބޫލު ނުކުރާ ކަމަށް ބެލެވޭ މީހުން ވެސް ބަސްބުނެފައިވާކަން ފާހަގަވެއެވެ. އޭގެން އެކަކު ބުނެފައި ވަނީ "ޖިންސީ ގުނަވަން ބަދަލު ކޮށްގެން، މާތް ﷲ ގެ ނިންމެވުމެއް ބަދަލު ކުރީ ކަމަށް ބުނާއިރު، އެންމެ ފުރަތަމަ މުސްލިމަކު ކަމުގައި ވާން ބޭނުންތޯ ނުވަތަ ނޫންތޯ އެ ޗޮއިސް ނުދީ ގަދަކަމުން މުސްލިމަކަށް ހެދީ" ކަމަށެވެ.

***

وَالمُتَرَجِّلاَتِ مِنَ النِّسَاءِ». [رواه البخاري / كتاب: اللباس / باب: إخراج المتشبهين بالنساء من البيوت / رقم: 5886]
މާނައީ: އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާއި އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް ނަބިއްޔާ صلى الله عليه وسلم ލަޢުނަތް ލެއްވިއެވެ."

أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ لَعَنَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ ‏
ޙަދީޘުގެމާނަ: "އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުންނަށާއި، ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

Ads by HDC
  1. ޢަލީ

    މިހާރު މިއުޅޭ ކޮވިޑް 19 ކަހަލަ ކޯފާއެއް އައިމާ ތިމީހުން ކީކޭބުނާނީ ،،، މިފަދަ ނުބައި މީހުން މިހެން ކިޔައި ކުފުރު އެއްޗެހީގެ ސަބަބުން މާތް ﷲ ލައްވާފާނެ ކޯފާއަކުން އަޅަމެން ކުށެއް ނެތް މީހުން ސަލާމަތް ކުރައްވާށި، އަދި އެބައިމީހުންނަށް ވެސް ހެޔޮ ވިސްނުންދެއްވާށި، އާމީން.

  2. މުހައްމަދު

    ހުރި ހިތާމައެއްގެ ބޮޑުކަމާ! އޭނާ އެކަމާ ފަހުން ކުރާ ހިތާމައިން ފައިދާއެއް މަންފާއެއް ކޮށްދޭނީ ކާކު!!! ޝާއިޠޯނީ އެޚިޔާލުތަކުން އޭނާ ދުރުކޮށްދޭން އެކަކުވެސް މަސައްކަތް ނުކުރީ ކީއްވެބާ؟

  3. ޢަލީ

    ތިކަހަލަ ވިޔާނުދާ އަމަލުތައް ދިފާޢު ކުރާނީވެސް އެވައްތަރަށް އުޅެންބޭނުންވާ ބައެއްކަމީ ސައްކެއްނެތްކަމެއް، މިއުންމަތުގެ ނަބިއްޔާ ދެކެ ނުވި ލޯތްބެއް ވާކަށް ނުޖެހޭނެ ނުވެސްވާނެ މުސްލިމެއްކަމަށް ވާނަމަ..

  4. ނާޝިޒު

    އީނާޝް އަކީ ކޮންރަށެއްގެ މީހެއްތަ

    • ތަލަބޯ

      ކުޅުދުއްފުށީ މަންމައަކާއި މާލޭ ބައްޕައެއްގެ ދަރިއެއް.

    • މާލެ

      ކީކޭ.ބުނާނީ

  5. ގޮލާ

    ގުނަވަން ބުރި ކުރި ކަމަކައް ނެތް ބުނެފަ. ފިރިހެން ހޯމޯން އިޖެކްޓު ކުރިތާ އެއް މަހުގެ ތަފާތު ދައްކާ ވީޑިޔޯ އެއްކަން އިންގެނީ

  6. ޚަރިސް

    މީގަ ދެން އޭނަ ފަހަތުން ޏުދުވުން ބުއްދި ވެރީި

  7. މައިކް

    މި ހަބަރު ލިއުމަށްވުރެން ހާލުގަ ޖެހިފަިވާ ފަރާތަކަށް އެހީތެރިވުމަށް ނުވަތަ އެހެން ހަބަރެއް ލިއުންނަމަ

  8. ޢާފް

    ދީން ނުހަމަ ގޮތުގަ ބޭނުން ކުރުމަކީ ދީނަށް އުޅުމެއްވެސްނޫން. މީހެއްގެ އަމިއްލަ ނިންމުމަކަށް ފާޑު ކިޔާއިރު އޭނާގެ ހާލަތާ ދީނުގަ ހާލަތާގުޅިގެން ކަން ކުރަން އޮންނަ ގޮތަށް ވެސް ބަލަން ޖެޙެ. ޚުންސާ އޭ ދިވެހިން ކިޔާ ވަކި ޖިންސަކަށް ނުފެތޭ މީހުނަށް ޖިންސު ބަދަލުކޮށް ފުރިހަމަ އިންސާނަކަށް ވުމުގެ ފުރުސަތު އިސްލާމް ދީން ނުދެނީބާަ… މިބުނީ އީނާސް އެކަން ކުރީ ރަގަޅަށޭ ނޫން ކޮންމެހެން. އޭނަގެ ހާލަތު އެގޭނޫ އޭނަޔަށް.

    • ކޮސް

      ވިހެއި އިރު އޮތީ މައުސޫމް ފިރިހެނެއްގެ ސިފައިގަތޯ.. އެއީ ހަމަ ކާފިރެއް .. ބިރުވެތިވޭ

  9. އޭނާ

    މުސްލިމަކަށްވެވެން އޮތްވާ ކާފަރަކަށްވެގެން އުޅެނިކޮށް ﷲގެ ކޯފާއެއް އަތުވެދާނެ ކަމަށް ބިރުނުގަންނަނީ ގެއްލެނި ކުރެއްވި މީހުންގެ ތެރެއިން ހިމެނި ނަރަކައިގެ ސިއްކަޖައްސަވައިފައިވާތީއެވެ.ތިކަހަލަ މުޑުދާރު މީހުންގެ ލެޔަށް މުސްލިމުން ފެނެއް ނޮބުވާނެއެވެ. ސުވަރުގޭގެ އަރާމާއި ފިނިކަމަށް މުސްލިމުން މާލޯބިކުރާނެއެވެ.އަމިއްލަކަމެކޭ ކިޔައިގެން ކުރާކަންތަކުގެ ސަބަބުން ދުނިޔެ ނުލިބުނު ތާގައި އާޚިރަތެއްވެސް ތިކަހަލަމީހުންނަކަށް ނުލިބޭނެއެވެ.

  10. އޭނާ

    ޖަހަންނަމާއިގެ ހޫނުކަން އިހުސާސް ވާނަމަ ހައްދުފަހަނަޅައި ދާން ބިރުގަތީހެވެ.ދިވެހި ރާއްޖެއަށް ތިކަހަލަމީހުން އުފަންވުމަކީވެސް މުޅި މުޖުތަމަޢު ލަދުގަންނަންވަރުގެ ކަމެކެވެ.އަމިއްލަޔަށް ގުނަވަން ބަދަލުކޮށްގެން އޭތި ހިފައިގެން މުޑުދާރު ޢަމަލުކުރަން ރާއްޖެ ނައިސް އުޅެންވީނުން ކޮބައިތަ އޭނަގެ މައިންބަފައިން

  11. ޓަކި މޫނާ

    އީބޭއިންތަ ފިރިހެން ގުނަވަން އޯޑަރުކުރީ؟ ނަމާދު ނުކުރާ ދެމީހުން ކައިވެނީ ކުރީމަ ލިބޭ ދަރިންވެސް ދާނީ މިކަހަލަ ނުބައި މަގުތަކުން ވިއްޔަ. މަމް އެންޑް ޑޭޑް ހުންނާނެ ހެވިފަ.

  12. ފިރިހެން ކުމާރު

    ދެން މިކަހަލަ މީހުންނޭ މިތަނަށް އައިސް ޕޮލިޓިކަލް މަޤާމުތަކަށް އަރާފަ ގޮވާނީ އެއްޖިންސުން ގުޅުން ހިންގަން ބިލް ފާސްކުރަން.

  13. ނާޝިޒު

    އަހަރެން ހިތަށް އަރާ ފިރިހެނަކަށް ވާއިރު މމތ ވެސް ރޮންދާ އަޅާ އޮމާން ކުރިބާއޭ