Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ރިޕޯޓް

6 އަހަރުގެ ހާފިޒް ، އަމަން: އެންމެ ތުއްތުއިރު ވެސް ޤުރުއާން ކިޔެވުމަށް ލޯބި ކުރި!

6 އަހަރުގެ ހާފިޒް ، އަމަން: އެންމެ ތުއްތުއިރު ވެސް ޤުރުއާން ކިޔެވުމަށް ލޯބި ކުރި!

އުމުރުން އެންމެ ހަ އަހަރުގެ ކުއްޖަކު ކީރިތި ޤުރްއާން އެެއްކޮށް ހިތުދަސްކޮށްފިއެވެ.

އެކްސެލް އިންޓަނޭޝަނަލް ސްކޫލްގެ އެސްކޭޖީ-އެން ގައި ތައުލީމް ހާސިލު ކުރަމުންދިޔަ އަމަން އަހުމަދު އާތިފް ވަނީ ކީރިތި ޤުރްއާންގެ 30 ފޮތް (މުޅި ހަތިމް އެއްކޮށް) ހިތުދަސްކޮށްފައެވެ.

އަމަން ހޯދި މި ޝަރަފުވެރި ވަނައަށް އޭނާއަށް އިއްޔެ އެ ސްކޫލްގެ ފަރާތުން ވަނީ އިނާމާއި، ސަނަދު އަދި ޓްރޮފީ ވެސް ހަދިޔާ ކޮށްފައެވެ.

Advertisement
Ooredoo — Square (box)

އެކްސެލް އިންޓަނޭޝަނަލް ސްކޫލުން ބުނި ގޮތުގައި މިއީ މުޅި އެ ސްކޫލުން ވެސް ދަރިވަރަކު މުޅި ހަތިމް އެއްކޮށް ހިތުދަސްކުރި ފުރަތަމަ ފަހަރު ކަމަށެވެ. އެހެންކަމުން އެ ސްކޫލްގެ ފަރާތުން ވަނީ އަމަންއަށް ހާފިޒްކަން ދިނުމަށް ޓެސްޓު ކުރުމަށް އެދި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒަށް ހުށަހަޅައިފައެވެ.

[caption id="attachment_103936" align="alignnone" width="1024"]<img class="wp-image-103936 size-large" src="https://cdn.dhen.mv/wp-content/uploads/2021/07/އަމަން-1024x683.jpg" alt="" width="1024" height="683" /> އަމަން އޭނާގެ މައިންބަފައިންނާއެކު/ ފޮޓޯ: އެކްސެލް އިންޓަނޭޝަނަލް[/caption]

އަމަންއާ ބެހޭގޮތުން "ދެން"އަށް މައުލޫމާތު ދެމުން އޭނާގެ މަންމަ ބުނީ، އަމަންއަކީ އެންމެ ތުއްތު އިރުން ފެށިގެން ވެސް ކީރިތި ޤުރްއާނަށް ޝައުޤުވެރިކަން ހުރި ކުއްޖެއް ކަމަށެވެ.

"އެންމެ ތުއްތު އިރު ވެސް ޤުރްއާން ޖަހައިފައި ބަހައްޓަނީ. ނިދާއިރު ވެސް ޤުރްއާން ޖަހާފައި ބަހައްޓަނީ. އެއިރުން ފެށިގެން ވެސް އަމަންއަށް ޤުރްއާން އަޑު އިވޭނެ، އެހެންވެ ހުރީ ލޯބި ޖެހިފައި. ފަހުން ވާހަކަ ދެއްކޭވަރު އުމުރަށް އެޅީމަ އަމިއްލައަށް ވެސް ބުނާނެ ޤުރްއާން އަޅުވައިދޭށޭ. ކުޅެން އުޅޭއިރު ވެސް އަޑުއަހާނެ، އަދި ކިޔަވަން ވެސް ކިޔަވާނެ" އަމަން ގެ މަންމަ ބުންޏެވެ.

އަމަންގެ މަންމަ ބުނި ގޮތުގައި އޭނާއަށް ޤުރްއާން އެއްކޮށް ހިތުދަސްކޮށްދެވުނީ އެއް އަހަރާއި ހަތް މަސް ތެރޭގައި ކަމަށެވެ.

"ކޮންމެ ދުވަހަކު ނުއެއް ކިޔުއްވޭ، އެކަމަކު ކިޔުއްވޭ ދުވަހެއްގައި ދުވާލަކު ޞަފްހާއެއް ނުވަތަ ދެ ޞަފްހާ ކިޔުއްވަން. ގޭގައި ތިން ފަހަރަށް ބަލައިގެން ކިޔުއްވާފައި ދެން ހިތުން ކިޔަނީ. ކުށެއް ނުޖެހި ކިޔޭ ކޮންމެ ފަހަރަކު ވެސް" އަމަންއަށް ޤުރްއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ގޮތެއް ކޮންމެވެސް ވަރަކަށް އޭނާގެ މަންމަ ކިޔައިދިނެވެ.

އަމަންގެ މަންމަ ބުނީ އޭނާގެ ދަރިފުޅު ބޮޑުވަމުން އަންނަ އިރުވެސް ޤުރްއާންގެ ދާއިރާއިން އިތުރަށް ކުރިއެރުން ލިބޭނެ ކަހަލަ ގޮތަށް މަސައްކަތް ކުރާނެ ކަމަށެވެ. ޤުރްއާން ހިތުދަސްވި ނަމަވެސް އަދިވެސް ގިނައިން ގޭގައި ޤުރްއާން ކިޔުއްވާނެ ކަމަށް ވެސް އޭނާގެ މަންމަ ބުންޏެވެ.

އަމަން ބޮޑުވެގެން ވާން ބޭނުންވަނީ "ފަޔަރ ފައިޓާ" އަކަށެވެ. ނަމަވެސް އޭނާ ކީރިތި ޤުރްއާން ކިޔެވުން އިރާދަކުރެއްވިއްޔާ ދުވަހަކު ވެސް ދޫކޮށްނުލާނެ ކަމަށް ވެސް ބުންޏެވެ. ތުއްތު އިރުން ފެށިގެން ވެސް ޤުރްއާނަށް ހިތް ޖެހިފައިވާ މި ކުއްޖާއަކީ ފަޚުރުވެރި ދަރިއެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް