ޚަބަރު

ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދޭކަމީ އެންމެނަށް އޮތް ބޮޑު ބިރެއް: ވައްޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާގެ ފަހަތުގައި ތިބި ބަޔަކު ނުހޯދޭކަމީ އެންމެނަށް ވެސް އޮތް ބޮޑު ބިރެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ވައްޑެ މިފަދައިން ވިދާޅުވެފައި ވަނީ ބޮން ގޮއްވާ ތަނެއްގެ ގޮތުގައްޔާއި ޤައުމުގެ އެކިއެކި ވެރިންނަށް ފަސޭހަކަމާ އެކުގައި ޙަމަލާދެވޭ ތަނެއްގެ ގޮތުގައި ދިވެހިރާއްޖެ ދުނިޔެއަށް ފާހަގަވާން ފަށައިފި ނަމަ އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން މަޖީދީމަގުގައި ބޮމެއް ގޮއްވައިލުމުގެ ފަހަތުގައި ތިބި ބަޔަކު އަދިވެސް ނުހޯދޭކަ މީ އެންމެނަށް އޮތް ބޮޑު ބިރުވެރިކަމެއް ކަމަށެވެ.

މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށް ފަހު އެމަނިކުފާނު ފުރަތަމަ ވަޑައިގެންނެވީ ޖަރުމަނު ވިލާތަށެވެ. އެއަށް ފަހު މިހާރު އެ މަނިކުފާނު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

Ads by Allied Insurance
  1. ާއަލީ

    އަމިއްލަ އަށް ފޭހުނު އިލޮށި އަމއްލަ ލޮލައް ވަދެފަ އޭނީ