ބޮލީވުޑް

ބޮލީވުޑް ސްކްރީން: އެކްޓު ކުރުން ދޫކޮށްލަން ކެޓްރީނާ އުޅުނު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ ޚަބަރުތަކަށް އަވަސް ކަޅިއެއް މިއަދު ހިންގައިލާއިރު ތަރިންނާ ގުޅޭ ޝައުގުވެރި އެކިއެކި ވާހަކަތައް ފާހަގަކޮށްލެވެއެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ ބައެއް ޚަބަރުތަކުގެ ކުރު ޚުލާސާ ކޮށްލާނަމެވެ.

ރާހުލް ވޭދްޔާއާއި ދިޝާގެ ކައިވެނި ކުލަގަދަކޮށް

ލޯބީގެ ގޮތުން ގުޅިގެން އެތައް ދުވަހަކު އުޅުމަށްފަހު އެކްޓަރ ރާހުލް ވޭދްޔާއާއި ދިޝާ ޕަރްމާރް އިއްޔެ ކައިވެނި ކޮށްފިއެވެ.

ރާޖަސްތާނީ ތީމަކަށް ކުރި އެ ކައިވެންޏަށް އާއިލާއާއި ގާތް މީހުންގެ އިތުރުން ޓެލެވިޝަންގެ ގިނަ އެކްޓަރުން ވެސް ދިޔައެވެ. އޭގެ ތެރޭގައި އަލީ ގޯނީއާއި ޖޭސްމިން ބާސިން އަދި ޝްވެތާ ތިވާރީ ވެސް ހިމެނެއެވެ.

ނުހަނު ކުލަ ގަދަކޮށް ބޭއްވި އެ ޙަފްލާގައި ބައެއް މީހުން ސިފަކޮށްފައި ވަނީ "ހުވަފެނީ ކައިވެންޏެއް" ގެ ގޮތުގައެވެ.

ކައިވެންޏަށް ފަހު ރިސެޕްޝަން ޕާޓީއެއް ވެސް ރޭ ވަނީ ބާއްވައިފައެވެ. އެ ޕާޓީގައި ރާހުލްއާއި ދިޝާގެ ޚާއްސަ ނެށުމަކާއި، ގޭމް ކުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއަކާއި ކޭކު ފަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވެސް ވަނީ ދައުރުވެގެން ގޮސްފައެވެ.

ދަރިފުޅު އަތިޔާއާއި ރާހުލްގެ ގުޅުމާ މެދު ސުނީލް ޝެޓީ ބުނީ ކީކޭ؟

ބޮލީވުޑްގެ އެކްޓްރެސް އަތިޔާ ޝެޓީއާއި ކްރިކެޓަރ ކޭއެލް ރާހުލް އުޅެނީ ލޯބީގެ ގޮތުން ގުޅިގެންކަމަށް ބުނާ ޚަބަރުތައް ދަނީ ފެތުރެމުންނެވެ.

އެގޮތުން މިހާރު ވެސް އަތިޔާއާއި ރާހުލް ތިބީ ލަންޑަންގައި ޗުއްޓީ ހޭދަ ކުރަން ގޮސް ކަމަށާއި އެމީހުން ތިބޭ ހޮޓަލުގައި ރާހުލް އަތިޔާގެ ނަން ނޯޓު ކޮށްފައި ވަނީ އޭނަގެ "ބައިވެރިޔާ"ގެ ގޮތުގައި ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ބުނެފައިވެއެވެ.

އަތިޔާއާއި ރާހުލްގެ ގުޅުން ވަރުގަދަ ވެގެންދާއިރު ގިނަ ބަޔަކު އެނގެން ބޭނުންވީ އެކަމާ އަތިޔާގެ ބައްޕަ އަދި ބޮލީވުޑްގެ އެކްޓަރު ސުނީލް ޝެޓީ ދެކޭ ގޮތެވެ. އެގޮތުން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއެއް އެއްގައި ސުނީލް ބުނެފައި ވަނީ އޭނަގެ ފިރިހެން ދަަރިފުޅު އާހަންއާއި ރާހުލްއަކީ ގާތް ދެ ރަހްމަތްތެރިން ކަމަށާއި އަތިޔާ ލަންޑަނަށް ދިޔައީ ވެސް އާހަންއާ އެކީ ވަގުތު ހޭދަ ކުރަން ކަމަށެވެ. ރާހުލްއާއި އަތިޔާގެ ގުޅުމެއް އޮތް ނަމަވެސް އެކަމާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ރާހުލްއަކީ ސުނީލް ޝެޓީ ވަރަށް ސަޕޯޓު ކުރާ ކްރިކެޓަރއެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެކްޓު ކުރުން ދޫކޮށްލަން ކެޓްރީނާ އުޅުނު!

ބޮލީވުޑްގެ މިހާރު ނަން ހިނގާ އެންމެ މަޝްހޫރު އެކްޓްރެސުންގެ ތެރެއިން ހިމެނޭ އެކަކީ ކެޓްރީނާ ކެއިފް ކަމާ މެދު އެއްވެސް ދެބަސްވުމެއް ނެތެވެ. ފިލްމު "ބޫމް"އިން ދާއިރާއަށް ނިކުތް ކެޓްރީނާ މިހާރު ފާހަގަ ވެފައިވަނީ އެންމެ ކުޅަދާނަ އެއް އެކްޓަރުގެ ގޮތުގައެވެ.

ކެޓްރީނާއަށް މިހާރު ކާމިޔާބީ ލިބިފައިވީ ނަމަވެސް، އޭނާ މި ދާއިރާ ދޫކޮށްލަން ވެސް ހިޔާލު ކުރި ދުވަސްކޮޅެއް ދިޔައެވެ.

އަކްޝޭ ކުމާރާ އެކު ކުޅުނު "ނަމަސްތޭ ލަންޑަން" ބެލުމަށް ފަހު ކެޓްރީނާއަށް އޭނާގެ އަމިއްލަ އެކްޓިން ކަމުނުދިޔަ ކަމަށާއި އެހެން ދާއިރާއެއް ހިޔާރު ކުރަން ވިސްނި ކަމަށް ކެޓްރީނާ ވަނީ "ކޮފީ ވިތު ކަރަން" ގެ ޝޯއެއްގައި ބުނެފައެވެ.

ކެޓްރީނާ ބުނީ އެ ފިލްމު ބެލުމަށް ފަހު އޭނާއަށް އެކްޓު ކުރަން ނޭނގޭ ކަމަށް ގަބޫލު ކުރި ކަމަށާއި އެހެންކަމުން އިތުރު ދާއިރާއެއް ހޯދޭތޯ ބެލި ކަމަށެވެ. ނަމަވެސް ފަހުން އެ ފިލްމަށް ލިބުނު ތަރުހީބު ފެނިފައި ހިޔާލު ބަދަލު ކުރީ ކަމަށް ވެސް ކެޓްރީނާ ބުނެފައިވެއެވެ.

Ads by Ooredoo
  1. އަހުމަދު

    އަދި ކިރިޔާ މި އެނގުނީ.