ދުނިޔެ ޔޫރަޕް

އިނގިރޭސިވިލާތަށް އީދެއް، ގިނަ ފިޔަވަޅުތަކަކަށް ލުއި ދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކޮވިޑް-19އިން ދިފާޢުވުމަށް އަޅައިފައިވާ ގިނަ ފިޔަވަޅުތަކަކަށް އިނގެރޭސި ވިލާތުން ލުއި ދީފިއެވެ.

Ads by Sosun Fihaara

އިނގެރޭސި ވިލާތުން ލުއިތައް ދީފައި ވަނީ ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ޖެހުމަށް ކަނޑައެޅި އާބާދީއަށް ވެކްސިން ފުރިހަމަ ކުރެވުމުންނެވެ. މިގޮތުން މާސްކް އެޅުމާއި ގައިދުރުކަމާ އެކު ތިބުމަށް މީގެ ކުރިން ކަނޑައެޅި ފިޔަވަޅުތަކަށް ލުއި ދީފައި ވެއެވެ. އެހެން ނަމަވެސް ގިނަ މީހުން އެއްވާ ތަންތަނަށް ދާއިރު މާސްކް އެޅުމަށް ސަރުކާރުން ވަނީ ލަފާދީފައެވެ. މީގެ އިތުރުން ސިނަމާތަކާއި ޕަބްތަކުގައި ވަކި ވަރަކަށް މީހުން ވަދެވޭ ގޮތަށް އެޅި ފިޔަވަޅަށް ވެސް ވަނީ ލުއިދީފައެވެ. އަދި ބަރތަކާއި ނައިޓް ކްލަބްތައް އާއްމު ހާލަތުގައި ހުޅުވާލެވޭ ގޮތަށް ވެސް ވަނީ ލުއި ދީފައެވެ.

މީގެ އިތުރުން، ކޮވިޑް ފެތުރުމުގެ ނުރައްކާ އޮތުމުން އިނގިރޭސިވިލާތުން ލިސްޓު ކޮށްފައިވާ ގައުމުތައް ފިޔަވައި އެހެން ގައުމުތަކުން ދާ، ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާކަން ބަލައިގަންނާނީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް)ގެ ވެކްސިން ޕްރޮގްރާމްގެ ދަށުން ވެކްސިން ޖަހައިފައިވާ ނަމައެވެ

އިނގިރޭސިވިލާތުގައި ފިޔަވަޅުތަކަށް ލުއި ދީފައިވީ ނަމަވެސް ކޮވިޑް-19 ޑެލްޓާ ވޭރިއަންޓްގެ ސަބަބުން އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަނެއްކާ ވެސް ވަނީ އިތުރުވާން ފަށާފައެވެ. މި ދިން ލުއިތަކާ އެކު ފައްސި ވޭދަނަތައް އަނެއްކާ ވެސް ކޮންޓްރޯލުން ނައްޓައިފާނެކަމުގެ އިންޒާރު މާހިރުން ވަނީ ދީފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!