Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވީ ރައީސް ޞަލީޙްގެ ސަރުކާރާ ހެދި: ރައީސް ނަޝީދު

ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވީ ރައީސް ޞަލީޙްގެ ސަރުކާރާ ހެދި: ރައީސް ނަޝީދު

ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ގޮނޑިތައް އެމްޑީޕީއަށް ނާކާމިޔާބުވެ އެ އިންތިޚާބު ކާމިޔާބު ނުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކަންތައް ކުރައްވަމުން ގެންދަވާ ގޮތުގެ ސަބަބުން ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންޑަނުގައި ހުންނަވާ އިންޑިއާގެ ނޫހެއް ކަމަށްވާ ވިއޯން މީޑިއާއަށް ދެއްވި ވީޑިއޯ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތި ލާން ޖެހުނީ ވޯޓް ލާން އެމްޑީޕީގެ ސަޕޯޓަރުން ނުދިއުމާ ގުޅިގެން ކަމަށެވެ. އަދި އެފަރާތްތައް ވޯޓްލާން ގޮސްފައި ނުވަނީ އެމްޑީޕީގެ ސިޔާސަތާއި ޤަބޫލުކުރުންތަކާ ދުރަށް ޖެހި މަދު ބަޔަކު ބޭނުންވާގޮތަށް ވިސްނުން ބަދަލުކޮށް ސިޔާސަތުތައް ބައްޓަން ކުރުމުން ކަމަށެވެ. އަދި ކައުންސިލް އިންތިޚާބުގެ ނަތީޖާއަކީ މިގޮތަށް ކަންތައް ކުރުމަށް އެމްޑީޕީގެ ސަޕޯޓަރުން ސަރުކާރާ މެދު ނުރުހުންވެ، އެމްޑީޕީގެ ލީޑަރޝިޕަށް އެކަން ދައްކާލުމުގެ ނަތީޖާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިއަދު އެމްޑީޕީގެ ސަޕޯޓަރުންނަށް އެމީހުން ބާކީކޮށްފައި ތިބި ކަމުގެ އިޙްސާސް ކުރެވޭ ކަމަށާއި ސަރުކާރުން އަމަލުކުރަމުން އަންނަ ގޮތް ބަދަލުކޮށް އެމްޑީޕީގެ ސިޔާސަތުތަކާއި ބޫލުކުރާ ހަމަތަކަށް ރުޖޫއަވާން ޖެހޭ ކަމަށެވެ. އަދި މިކަން ސަރުކާރުން ވަރަށް އަވަހަށް ކުރަން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އެމްޑީޕީއަށް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ލާމަރުކަޒީ ނިޒާމު ވުޖޫދުވި ފަހުން އެމްޑީޕީއިން މާލޭ ސިޓީ ކައުންސިލްގެ ސްޕަރ މެޖޯރިޓީ ނަގަމުން ދިޔަ ނަމަވެސް މިފަހަރު އިންތިޚާބުގައި މާލޭ ސިޓީގެ ސްޕަ މެޖޯރިޓީ ނެގީ އިދކޮޅު ޕީޕީއެމްއިންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް