Saturday, 7 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕީޕީއެމްގެ ސިޔާސަތަކީ ބައިނަލްއަގުވާމީ ދުނިޔެއާ އެކު ގާތް ގުޅުމެއް ދެމެހެއްޓުން: އަދުރޭ

ޕީޕީއެމްގެ ސިޔާސަތަކީ ބައިނަލްއަގުވާމީ ދުނިޔެއާ އެކު ގާތް ގުޅުމެއް ދެމެހެއްޓުން: އަދުރޭ

އިދިކޮޅު ޕީޕީއެމްގެ ސިޔާސަތަކީ ބައިނަލްއަގުވާމީ ދުނިޔެއާ އެކު ގާތް ގުޅުމެއް ދެމެހެއްޓުން ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުރި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް މެއި މަހުގެ ހަ ވަނަ ދުވަހު ދިން ނިރުބަވެރި ހަމަލާއަށް ފަހު ޓީވީ ޗެނަލްއަކަށް ދިން ފުރަތަމަ ވީޑިއޯ އިންޓަވިއުގައި، ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން އިންޑިއާއެކު މަސައްކަތް ކުރުމަށް ގޮވައިލުމާ ގުޅިގެންނެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅިގެން "ދެން"އިން ސުވާލު ކުރުމުން އަދުރޭ ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެއް ކަމަށާއި އިންޑިއާއާ ގުޅުން ބޭއްވުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑުމެންގެ މައްސަލައަކަށް ވެގެން މިއުޅެނީ ވަކި ޤައުމަކަށް މި ޤައުމުގެ ކަންކަމުގައި ބަރޯސާ ވެގެން އުޅުން." އަދުރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކައިގައި ޗައިނާއަށް އިޝާރާތް ކުރައްވާ ވިދާޅުވީ، ކުރީގެ ސަރުކާރުން ޗައިނާއިން ނަގައިފައިވާ ލޯނުތައް ދެއްކުމަށް ވަރަށް ދަތި ކަމަށާއި އަދި ލޯނުގެ ސްޓްރަކްޗަރ ބަދަލުކޮށްދޭން އެދުމުން ޗައިނާއިން އެކަންކޮށްދީފައި ނުވާ ކަމަށެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޕީއެންސީގެ ރައީސް ވިދާޅުވީ ޗައިނާއަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރާއްޖެއަށް ގެނެސް ދެއްވި ތަރައްޤީގެ ބައިވެރިއެއް ކަމަށެވެ.

"ރައީސް ޔާމީން ސަރުކާރުގައި ވަރަށް ގިނަ ގުނަ އެހީތަކެއް މި ޤައުމަށް ފޯރުކޮށްދިން އެއް ބަޔަކީ ޗައިނާ. އޭގެ އެއް ހެއްކަކީ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު. ޗައިނާއަކީ ވަރަށް ދީލަތިކަމާއެކީގައި ދިވެހި ރާއްޖެއަށް ތަރައްޤީއަށް އެހީތެރިވެދިން ޤައުމެއް. އެ ޤައުމުން ބުނެފައި ވަނީ އެ ޤައުމަކީ އެއްވެސް ޤައުމަކަށް އުނދަގުލަކަށް ވާ ގޮތަށް ގުޅުން ބާއްވާ ޤައުމެއް ނޫނޭ" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޗައިނާގެ ޕޮލިސީއަކީ ތަރައްޤީގައި އެހެން މީހުންނަށް އެހީތެރިވުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް