ބޮލީވުޑް

އަނތްބަކާއި ދަރިއަކު ހުންނަކަމަށް ބުނާ ވާހަކަތަކަށް ސަލްމާން ރައްދު ދީފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދުބާއީގައި ސަލްމާން ހާންގެ އަނތްބަކާއި 17 އަހަރުގެ ދަރިއެއް ހުންނަ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފެތުރެމުން އަންނަ އަޑުތަކަށް އޭނާ ރައްދުދީފިއެވެ.

Ads by MWSC

ދުވަހަކު ވެސް މީހަކާ އިނދެފައި ނުވާ ސަލްމާން ހާންއާ ބެހޭ ގޮތުން މީހަކު ސޯޝަލް މީޑިޔާގައި ކުރި ކޮމެންޓެއްގައި ބުނީ ސަލްމާންގެ 17 އަހަރުގެ އަންހެން ދަރިޔަކު ވެސް ހުންނަކަމަށެވެ.

"ފިލައިގެން ކޮންތާކު އުޅޭކަށް. އިންޑިޔާގެ އެންމެންނަށް ވެސް އެނގޭ ސަލްމާން ތިހުރީ ދުބާއީގައި އަނބިމީހާއާއި 17 އަހަރުގެ އަންހެން ދަރިފުޅު ގާތުގައިކަން." އެމީހާ ކުރި ކޮމެންޓްގައި ބުނެފައިވެއެވެ.

މިވާހަކަތަކަށް ރައްދު ދެމުން ސަލްމާން ބުނީ އެއީ ހުސް ދޮގު ވާހަކަތަކެއް ކަމަށާއި އޭނާގެ އެއްވެސް އަނތްބެއްވެސް ދަރިއެއް ވެސް ނުހުންނަ ކަމަށެވެ.

"އަހަންނަކަށް ނޭނގެ މީ ކޮންތާކު ކާކު ލިޔުނު އެއްޗެއް ކަމެއް. އޭނަ ހީކުރީ ކަންނޭނގެ އަހަރެން އޭނާއަށް ޖަވާބު ދޭނެކަމަށް. އަހަރެންގެ އުމުރުން 9 އަހަރުން ފެށިގެން އަހަރެން ދިރިއުޅެނީ އިންޑިޔާގެ ގެލެކްސީ އެޕާޓްމަންޓްގައި. އަހަރެންގެ އަނތްބެއް ވެސް ދަރިއެއް ވެސް ނުހުންނާނެ. އޭނާއަށް އަހަރެން ޖަވާބެއް ނުދޭނަން. އެންމެންނަށް ވެސް އެނގޭ އަހަރެން އުޅެނީ އިންޑިޔާގައިކަން." ސަލްމާން ބުނެފައިވެއެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ސަލްމާން ހާން މިހާތަނަށް މީހަކާ އިނދެފައި ނުވި ނަމަވެސް އޭނާގެ ލޯބިވެރިންގެ ލިސްޓް ވަރަށް ދިގެވެ. މި ލިސްޓްގައި ފާހަގަކޮށްލޭ މީހުންގެތެރޭގައި އައިޝްވާރިޔާ ރާއި އަދި ކެޓްރީނާ ކައިފް ހިމެނެއެވެ.

Ads by PNC
  1. Donhoanu

    ކޮން އިރަކުން ތަ ތި ވެޑިންގް އޮތީ.