ޚަބަރު ރައްޔިތުންގެ މަޖިލިސް

ސިޔާސީ ޕާޓީ ސިސްޓަމް އޮތުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ގޮވައިލައިފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު.. ފޮޓޯ/މަޖިލިސް

ސިޔާސީ ޕާޓީ ސިސްޓަމް އޮތުމާމެދު ރައްޔިތުން ދެކޭ ގޮތް ހޯދަން ފެންނަ ނުފެންނަ ވޯޓެއް ނަގަން ރައްޔިތުންގެ މަޖީލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަޙްމަދު އާމިރު ގޮވައިލައްވައިފިއެވެ.

Ads by STELCO

އާމިރު މިހެން ގޮވައިލައްވައިފައި ވަނީ ވީޓީއިން ގެނެސްދޭ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އާމިރުގެ ވާހަކަައިގައި ވިދާޅުވީ، ޕާޓީ ސިސްޓަމަކީ ދިވެހިރާއްޖޭގެ ރައްޔިތުން އަތުން، އިސްކޮށްތިބި ބަޔަކު ފޭރިގަނެފައިވާ އިހުސާސެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކަކީ ވަކި ގޮތަކަށް ތަރުތީބުވެގެން، ވަކި ހަމައަކުން ހިންގަން ޖެހޭ މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް މިކަންކޮށްފައި ވަނީ އެއްވެސް ހަމައެއް ނެތި ކަމަށެވެ. އަދި މިއީ ޤާނޫނުގައި ވެސް މިކަން އޮންނަ ގޮތް ކަމަށް އާމިރު ވިދާޅުއެވެ.

ރާއްޖޭގައި ޕާޓީ ސިސްޓަމެއް އޮތުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސިޔާސީ ޕާޓީތަކުގެ އިސް މަގާމްތަކުގައި ތިއްބެވި ލީޑަރުންނަށް އާމިރު ވަނީ ގޮވައިލައްވައިފައެވެ.

"އަޅުގަނޑު ދަންނަވާލަން، އަދި މި ޕްރޮގްރާމް މެދުވެރިކޮށް ގޮވާލަން ދިވެހިރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީގެ ލީޑަރުންނަށް ހިތްވަރެއް ހުރެއްޖިއްޔާ، ކީއްވެގެންތޯއޭ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އޮންނަން ފެނޭތޯ ނޫންތޯ ރައްޔިތުން ކައިރި އަހާލަން ނުކެރެންވީ" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ، ޤައުމީ ކަންތައްތަކުގައާއި ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. އަދި ސިޔާސީ ޕާޓީ ސިސްޓަމެއް ރާއްޖޭގައި ބާއްވަން ބޭނުންތޯ ނުވަތަ ނޫންތޯ ނިންމަން ރައްޔިތުންގެ ކައިރިއަށް ދާން ކެރޭވަރުގެ މަޖިލީހަކާއި ރައީސެއްގެ ބޭނުން މިއަދު ޤައުމަށް ޖެހިފައިވާ ކަަމަށްވެސް އާމިރު ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބިރުބޮޑު

    އާމިރު ތިޔަހުށައެޅުއްވީ ވަރަށްރަނގަޅު ޚިޔާލެއް އެންމެފުރަތަމަވެސް ސިޔާސީ ޕާޓީ ހަދަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓެއް ދިވެހިރާއްޖޭގައި ނެގިނަމަ މާބޮޑަށްވެސް ރަނގަޅުވީސް މިހާރުވެސް ބޭނުން ސިޔާސީ ޕާޓީ އޮންނަން ފެނޭތޯ ނުފެނޭތޯ ބަލަން ދިވެހިރާއްޖޭގައި ވޯޓެއްނަގަން ވަރަށް ވަރަށް ސާފް އިނގޭތޯ

  2. މުޙައްމަދު

    ދިވެހިރާއްޖެ އަށް ސިޔާސީ ޕާޓީ ގެނެއީ ވާދަވެރި ސިޔާސީ މާހައުލެއްގެ ތެރެއިން ވިސްނުންތެރި ކަމަކަމަކާ ނުލާ ކަމުން ޢާމިރުގެ ތިޔަ ޚިޔާލަށް މަވެސް ތާއީދު . ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީ އުފެދުނީ ހަމަ އެކަނި ވެރިކަން ވައްޓާލާ ވެރިކަމަށް އަންނަން ރައްޔިތުންނަށް ޚިދުމަތްދޭކަށް ނޫން ޕާޓީގެ ބޮނޑި ބޮޑުކުރަން. މިކަން ސާފު ނުވާ ހޭވެރި ދިވެއްސެއް ނުހުންނާނެ.

  3. އިއްސެ

    ވަރަށ ރަނގަޅ ކަމެއ ތިޔ ޕާޓީތަކަކާއ ހުރ އަޖަރއމެންގ ގައުމ ހަލާކުވ އަޖަރެމެް ތެރޭގައިވ އެކޔވެރިކަނ ނެތ ފަނާވެއްޖެ

  4. ާަައަބުދުލްް އަޒެެޒުު އަަދަމް

    ޥަރަހްް ރަގަޅުު ޚިޔާލެއް

  5. ތުނިޔަ

    އާމިރުގެތިޔަހިޔާލަށް ތާއީދުކުރަން އަދި ތިޔަހިޔާލުގެތެރެއަށް މަޖިލީ

  6. ޙުސައިން

    ތާއީދު ތިދެއްކި ވާހަކަ ތަކަށް މިހާރުން މިހާރަށް ޕާޓީ ސިސްޓަމު އުވާލަންވީ

    • ާއަލީ

      ޕާޓީ ސިސްޓަމް ވޯކް ނުކުރޭ!!