ޚަބަރު

ރައީސް ޞާލިހުގެ ފަހަތަށް ރައީސް ނަޝީދު ނޭރުއްވީ ދިވެހިންގެ ޙައްޤުގައި: ވައްޑެ

މުޙައްމަދު ސަނީޙް
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ރައީސް ނަޝީދަށް މެއި ހަވަނަ ދުވަހު ދިން ހަމަލާއަށް ފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަޅިއަށް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނޭރުއްވީ ދިވެހިންގެ ޙައްޤުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވައިލާ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރައްވަމުން ވައްޑެ ވިދާޅުވީ، ރައީސް ނަޝީދަށް ވެސް އާއިލާ އެކު އުފަލާއި އަރާމުގައި އުޅެ، މިކަމުގައި ހަމަހިމޭންކަމާ އެކު ހުރުމުގެ ފުރުސަތު އޮތް ކަމަށެވެ. އެހެން ނަމަވެސް ރައީސް ޞާލިޙްގެ ފަޅިއަށް ނާރުއްވައި، ރައީސް ނަޝީދު ދިވެހިންނަށް ޓަކައި، ޤައުމަށް ޓަކައި ޓެރެރިޒަމްއާ ދެކޮޅަށް މަސައްކަތް ކުރަން ނިކުންނެވީތީ އެކަމަށް ސާބަސް ދެއްވާ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އެހެން ނަމަވެސް މި ޤައުމުގެ ޙައްޤުގައި. އަޅުގަނޑުމެން އެންމެންގެ ޙައްޤުގައި، މަނިކުފާނު ނުރައްކަލަށް ހުށަހެޅިގެން މަނިކުފާނަށް ލިބުނު އަނިޔާއާއި މަނިކުފާނު ވެ ވަޑައިގެންނެވި ޤުރުބާނީއާ. އެންމެ ފަހުން ފުރާނައިން އަގު ދައްކަވައިގެން މިހާރު ވެސް ތިކުރައްވާ މަސައްކަތަށް އައްސަރިބަހާ ސާބަސް ދެން" ވައްޑެ ވިދާޅުވިއެވެ.

މިރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ބައިވެރިވެ ވަޑައިގަތް 39 މެންބަރުންގެ އަޤުލަބިއްޔަތުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމަށް ރައީސް ޞާލިޙަށް ދެންނެވުމަށް އެމްޑީޕީއިން ވަނީ ޤަރާރެއް ފާސްކޮށްފައެވެ. މިކަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ފަހަތުފަޔަށް ބުރަނުވެ ކުރިއަށް ވަޑައިގަންނަވާނެކަމަށް އުންމީދު ކުރައްވާކަމަށް ވައްޑެ ވިދާޅުވިއެވެ.

ވައްޑެގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާދަމާ ދިވެހިން މިނިވަން ދުވަހެއް ފާހަގަ ކުރަމުންދާއިރު، މިއަދު ސިޔާސީ މީހުންގެ ބޮލުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއަކީ ކޮންމެ މީހަކަށް ވެސް މިނިވަންކަމުގެ އިޙްސާސްކޮށްދިނުމެވެ. އަދި މިނިވަންކަމުގެ އެންމެ ކުޑަ، އަސާސީ މިންވަރަކީ ފުރާނައިގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި މިކަން ކުރެވޭނީ ޓެރެރިޒަމްއާ ދެކޮޅަށް މަސައްކަތްކޮށްގެން ކަމަށް ވައްޑެ ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ވަރަށް ބޮޑަށް ފެތުރިފައިވާކަމަށް އިޝާރާތް ކުރައްވާ ވައްޑެ ވިދާޅުވީ، މިއަދު ރާއްޖޭގެ ސަރުކާރުން ހިންގާ ބައެއް ސްކޫލުތަކުގައި ޤައުމީ ސަލާމް ޖެހުމަށް ދެކޮޅު ހަދާ ކަމަށެވެ. އަދި ބިލްބޯޑްތަކުގައި މީހެއްގެ މޫނު ފެންނަން ހުރި ނަމަ އެއަށް ސްޕްރޭ ޖަހާ ކަމަށާއި ރަށްރަށުގައި ހައްދު ފަހަނައެޅި ޖަމާއަތްތަކުގެ ލޯގޯތައް ވެސް ޖަހަމުން އަންނަ ކަމަށެވެ. މިކަންކަމާ މެދު އަޅައިނުލެވި ދާނަމަ ރާއްޖޭގެ މިނިވަންކަމެއް ނޯންނާނެ ކަމަށް ވެސް ވައްޑެގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

 1. ރައީސް ޞާލިހުގެ ފަހަތަށް ރައީސް ނަޝީދު ނޭރުއްވީ މިގައުމު ހަލާކު ކުރަން އަދި މިތަނުގެ ނަސާރާއީންނާ ޔަހޫދީންނަ ޖާގެދޭން އިތުރުކަމަކު ނޫން

 2. ދެބޯ ބުރާތި

  ކަލޯ ވައްޑޭ ތިކަމުގައި ރައީސް ސޯލިގެ ފަހަތުފައި ހަރުކޮއްފައި ހަރުކުރީ އާދާލަތޭމިކިޔާ ތުބުޅިލީ ބާރަވަރަކަށް ޝޭޚުން ރައީސް ސޯލިހު ބިރުގަންނަވާ ހައިޖަންކޮއްފައި އެވަނީ!ކަލޭމެން ދެންތެޅޭނެކަމެއްނެތް ކަޑުކޮސްކަމުން އިމްރާނާެއި ހޯމްމިނިޝްޓަރީއާއި ހަވާލުކުރުމުގެ ނަތީޖާ ތިއޮތީފެނިފާ!އިމްރާނު ކުޑައިރުގެ ވަޢުދެއް ހޯމްމިނިޝްޓަރީއާއި،،ހަވާލު ވެވިއްޖެނަމަ،،ނަޝީދުއާއި،އެމްޑީޕީ ވުޖޫދުންފޮހެލުމަކީ ތިއޮތީ ރަގަޅަށް ރާނާ ޯާޅިބޮވިފައި !!!!!!؛؛

 3. ސަކޫން

  ސާލިހްގެ ފަހަތަކަށް އަދި އެހެން މީހެއްގެ ފަހަތަކަށްވެސް ތިބުނާ މީހާ ނާރާނެތާ . އޭނަ ހިތުން ގައުމުގެ ވެރިޔަކީ އޭނަވިއްޔަ
  އެހެން މީހުން ތިބެން ޖެހޭނީ އޭނަގެ ފަހަތުގަ އެއްނު.

 4. ބިރުބޮޑު

  ސޯލިހު ފަހަތްޕުޅަށް ތިޔަބުނާ އަންނިއަކު ނޭރިއްޔާ ދިވެހި ރަށްޔިތުންނަށްރަގަޅީ އެހެންނޫނީ ތިޔަކިޔާ އަންނިއަކު ދިވެހިރަށްޔިތުންނަށް އިޚްލާސްތެރި ސޯލިހު ހަލާކުކުރާނެ ވަރަށް ވަރަށް ސާފް އިނގޭތޯ