ބޮލީވުޑް

ވަރުން ކިޔައިދިނީ ރަންވީރް އަދި ރޯހިތުއާ އެކު މަސައްކަތް ކުރުމުގައި ހޭދަވި މަޖާ ވަގުތުތައް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފިލްމު "ފަކްރޭ"އިން މަޝްހޫރުވި ވަރުން ޝަރްމާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ރޯހިތު ޝެޓީ އުފައްދާ "ސާކަސް" އިންނެވެ. އެ ފިލްމުގައި އޭނާއާ މަސައްކަތް ކުރަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ރަންވީރް ސިންގްއާ އެކު ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ. ފިލްމުގައި މި ދެ ތަރިންގެ އިތުރުން ހަރަކާތްތެރި ވާނީ ޕޫޖާ ހެގްޑޭ، ޖެކްލިން ފާނަންޑެޒް، ސިދާތާ ޖާދަވް، ޖޯނީ ލިވަރ، ސަންޖޭ މިޝްރާ، ރާޖޭޝް ހިޖްރީ، ވިޖޭ ޕަޓްކާރް ގެ އިތުރުން ސުލްބާ އާރްޔާ، މުކޭޝް ތިވާރީ، އަނިލް ޗަރަންޖީތު، އަޝްވިނީ ކަލްސެކަރް އަދި މޫރްލީ ޝަރްމާއެވެ.

Ads by MWSC

ފިލްމާ ބެހޭގޮތުން އިންޑިއާގެ މީޑިއާއަކަށް މައުލޫމާތު ދެމުން މި ފިލްމުގައި މުހިންމު އެއް ރޯލުން ފެނިގެންދާ ވަރުން ބުނީ ރޯހިތު މުޅި ޓީމާ އެކު މަސައްކަތް ކުރަން ލިބުނު މި ފުރުސަތަކީ އޭނާއަށް ކުރެވުނު ވަރަށް ތަފާތު އަދި ވަރަށް މަޖާ ތަޖުރިބާއެއް ކަމަށެވެ.

ފިލްމުގެ ޝޫޓިންގް ތެރޭގައި ރަންވީރްއާއި ވަރުން އެކި ކަހަލަ މިޔުޒިކް އަޑު އަހާ ނެށި ކަމަށާއި، ތަފާތު އެކި މިޔުޒިކް އެކަކު އަނެކަކަށް ތައާރަފް ކޮށްދިން ކަމަށް ވެސް ވަރުން ބުންޏެވެ. އޭގެ އިތުރުން ޝޫޓިންގަށް ފަހު ވެސް މަޖާ ކުރުމުގައި ވަގުތު ހޭދަ ކުރި ކަމަށާއި ރޯހިތު ވެސް އެ މީހުންގެ މަޖަލުގައި ބައިވެރިވި ކަމަށް ވަރުން ބުންޏެވެ.

"ސާކަސް" ބެލުންތެރިންނާ ހަމައަށް ވަރަށް އަވަހަށް އަންނާނެ ކަމަށާއި މި ފިލްމު ވެގެން ދާނީ އެތައް ބަޔަކަށް ކަމުދާނެ ފިލްމެއް ކަމުގެ ޔަގީންކަން ވެސް ވަރުން ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!