ބޮލީވުޑް

ޝިލްޕާ ރާޖްއަށް: ގިނަ ޕްރޮޖެކްޓްތަކެއް ގެއްލި, އާއިލާގެ ނަން ވެސް ހުތުުރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބަރަހަނާ ފިލްމު އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އިންޑިޔާގެ ވިޔަފާރިވެރިޔާ އަދި ޝިިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ މައްސަލައިގައި އެމީހުން ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށް ފުލުހުން ދިޔަ ވަގުތު ރާޖްއަށް ޝިލްޕާ ބަހުގެ ހަމަލާތަކެއް ދީ ޒުވާބު ކުރިކަމަށް މީޑިޔާގައި ބުނެފިއެވެ.

Ads by STELCO

ރިޕޯޓްތައް ބުނާ ގޮތުގައި ޝިލްޕާ ވަނީ ހިތްހަމަނުޖެހިގެން ރާޖް އަށް ހަޅޭއްލަވައި އަޑުގަދަކޮށްފައެވެ. އާއިލާގެ ގަދަރު ގެއްލިފައިވާކަމަށް ވެސް ޝިލްޕާ ވަނީ ރާޖްއާ ދިމާލަށް ބުނެފައެވެ،

"މުޅި އާއިލާގެ ނަން ހުތުރުވެއްޖެ. މަސައްކަތް ކުރަން ލިބުނު ޕްރޮޖެކްޓްތައް ގެއްލިއްޖެ. ބައިވަރު ޕްރޮޖެކްޓްތައް ކެންސަލް ކޮށްލަން ޖެހިއްޖެ" ޝިލްޕާ ބުނެފައިވެއެވެ.

އެހެން ނަމަވެސް މިހާތަނަށް ފުލުހުން ބެލި ބެލުމުން ބަރަހަނާ ފިިލްމު އުފެއްދި މައްސަލައިގައި ޝިލްޕާގެ އަތެއްވާކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވެއެވެ.

ރާޖް ކުންދްރާ އުފެއްދި ވީޑިއޯތަކުގެ އެއްވެސް މައުލޫމާތެއް އަދި ފިރިމީހާގެ އެ އަމަލުގެ އެއްވެސް މައުލޫމާތެއް ޝިލްޕާގެ ކިބައިން ލިބިފައި ނުވާ ކަމަށް ވެސް މުމްބާއީ ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް އޭނާގެ އަތުން 48 ޓީބީ ފުރެންދެން ހުރި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އަތުލައިގަނެވިފައިވެއެވެ.

މީގެ އިތުރުން އޮންލައިންކޮށް ބެޓް ކޮށްގެން ވެސް އެފަދަ ވީޑިއޯތަކުގެ ވިޔަފާރި ކޮށްފައި ހުރި ކަމަށާއި އެގޮތުން 7.5 ކްރޯޑް ރުޕީސް ރާޖް ކުންދްރާގެ އެކައުންޓުގައި ހުރިކަން ވެސް ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!