Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖެއިން ފައިޒާ ވެކްސިން ހުސްވެއްޖެ، 18 މީހަކު ދެވަނަ ޑޯޒް ނުޖެހިފައި

ރާއްޖެއިން ފައިޒާ ވެކްސިން ހުސްވެއްޖެ، 18 މީހަކު ދެވަނަ ޑޯޒް ނުޖެހިފައި

ފައިޒާ--ބައޯއެންޓެކްއިން އުފައްދަމުން އަންނަ ކޮވިޑް-19 ވެކްސިންގެ ސްޓޮކް މި ވަގުތު ރާއްޖެއިން ހުސްވެފައިވާ ކަަމަށް ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މިއަދު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ.ނަޒްލާ ވިދާޅުވީ، މިވަގުތު ރާއްޖޭގައި ކޮވިޑް-19 ވެކްސިން ސްޓޮކް ހުސްވެފައިވީ ނަމަވެސް ވެކްސިން އަލުން ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި މާބަނޑު މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް މިވަގުތު ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. ފައިޒާ ވެކްސިން ރާއްޖެއިން ހުސްވެފައިވާއިރު، އެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ތެރެއިން 18 މީހަކު ދެ ވަނަ ޑޯޒު ނުޖެހި އެބަތިއްބެވެ.

Advertisement
Ooredoo — Truecaller (box)

ޑރ.ނަޒްލާ ވިދާޅުވީ، ފައިޒާ ވެކްސިން ލިބުނުހާ އަވަހަކަށް އަލުން އިޢުލާންކޮށް ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

"ފައިޒާ ވެކްސިން ގެނެވުނުހާ އަވަހަކަށް އިއުލާނުކުރާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއަށް ކޮވެކްސްގެ ދަށުން 5850 ޑޯޒް ވެކްސިން މާރިޗް މަހުގެ ތެރޭގައި ވަނީ ލިބިފައެވެ.

އެޗްޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު އަދި އެޗްއީއޯސީ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ކުޑަކުދިންނަށާއި މާބަނޑު މީހުންނަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ހޯދަމުން އަންނަ ކަމަށެވެ. އަދި ހޯދަމުން އަންނަނީ ފައިޒާ އަދި މޮޑާނާ ވެކްސިން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ ބްރޭންޑެއްގެ ކޮވިޑް ވެކްސިނެއް ޖެހި ފަހުން ވިޔަސް މާބަނޑު އެނގިއްޖެ ނަމަ ދެ ވަނަ ޑޯޒުގެ ގޮތުގައި ދޭނީ ފައިޒާ ވެކްސިން ކަމަށް ވެސް ޑރ.ނަޒްލާ މިއަދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް