ބޮލީވުޑް

ކޯޓުގައި ދޮގު ހެދިކަމަށް ބުނެ ކަންގަނާއާ ދެކޮޅަށް ޕެޓިޝަނެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ލިޔުންތެރިޔާ އަޝީޝް ކޯލް އާއި ދެކޮޅަށް ކޯޓުގައި ދޮގު ހެދިކަމަށް ބުނެ ބޮލީވުޑްގެ ފަންނާނު ކަންގަނާ ރަނާވަތުއާ ދެކޮޅަށް ޕެޓިޝަނެއް ބޮމްބޭ ހައި ކޯޓަށް ހުށައަޅައިފިއެވެ.

Ads by MWSC

ހަބަރުތައް ބުނާގޮތުގައި އަޝީޝްގެ ލޯޔަރުން ކަމުގައިވާ އަދްނާން ޝައިހް އަދި ޔޮގީތާ ޖޯޝީގެ ފަރާތުން ޖާވިދު އަހްތަރު އަށް ފޮނުވި ސިޓީއެއްގެ ޖަވާބުން ޕާސްޕޯޓް ހެއްދުމަށް ކޯޓުގައި ކަންގަނާ ދެއްކީ ދޮގު ހެކި ތަކެއްކަންވެސް ފަނީ ޔަގީންވެފައެވެ. އެހެންކަމުން އެކަށް އިންޑިޔާގެ ހައިކޯޓުގައި ސާބިތުކޮށްދިނުމަކީ އެމީހުންގެ ވާޖިބެއްކަމުގައި ދެކޭކަމަށްވެސް ލިޔުންތެރިޔާ އަޝީޝްގެ ލޯޔަރުން ވަނީ ބުނެފައެވެ.

ކަންގަނާ އާއި ދެކޮޅަށް ހެދި ޕެޓިޝަން ބޮމްބޭ ހައިކޯޓަށް ހުށައެޅިނަމަވެސް އެކޯޓު އެ ޕެޓިޝަން ބަލައިގަނެފައިނުވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކަންގަނާއާއި ލިޔުންތެރިޔާ އަޝީޝްއާމެދު ކޯޓުގައި މައްސަލަ ހިނގާފައިވަނީ ފިލްމު "މަނިކަރނިކާ ރިޓާރންސް :ދަ ލެޖެންޑް އޮފް ޑިއްޑާ" ގެ ކޮޕީރައިޓްގެ މައްސަލައެއްގައެވެ. އެމައްސަލަ ކޯޓުން ބޭރުކޮށްލުމަށް ކަންގަނާއާއި އޭނާގެ ބޭބެ އަކްޝަތު ވަނީ ޕެޓިޝަނެއް ބޮމްބޭ ހައިކޯޓަށް ހުށައަޅާފައެވެ.

ބޮލީވުޑްގެ ޑްރާމާ ކުއީންގެ ގޮތުގައި މަޝްހޫރުވެފައިވާ ކަންގަނާގެ ޕާސްޕޯޓްއާ ކުރުމުގެ މައްސަލައަކީ މިފަހުން ޖެހުނު ބޮޑުމައްސަލައެކެވެ. އަދި އެމައްސަލަ ކޯޓަށް ހުށައަޅައިގެން ކަންގަނާ ވަނީ ކާމިޔާބުވެސް ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!