ބޮލީވުޑް

އަކްޝޭގެ "ބެލް ބެލް ބޮޓޮމް" އަޅުވާނީ ބޮޑު ސްކުރީނުގައި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
"ބެލް ބަޓަން ގެ މަންޒަރެެއްގައ ިއަކްޝޭ

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމް "ބެލް ބަޓަން" ރިލީޒް ކުރާނީ ބޮޑު ސްކްރީނުގައި މިމަހު ކަމަށް އަކްޝޭ ބުނެފިއެވެ.

Ads by MWSC

ފިލްމް "ޕެޑްމޭން" އަދި ރައުޑީ ރާތޯޑު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދީފައިވާ އަކްޝޭގެ "ބެލް ބަޓަން" ރިލީޒް ކުރާނީ މި އޮގަސްޓް މަހުގެ 19 ވަނަ ދުވަހުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ، މި ފިލްމުގައި އަކްޝޭގެ އިތުރުން ހުމާ ގްރޭޝީ، ވާނީ ކަޕޫރު އަދި ލާރާ ދައްތާ ވެސް ފެނިގެންދާނެއެވެ.

މިފިލްމް ރިލީޒް ކުރަން މީގެ ކުރިން ނިންމައިފައިވީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު ނަމަވެސް ފިލްމު ތިއޭޓަރުގައި އެޅުވުމުގެ "ބޮޑު" ވާހަކަ އަކްޝޭ ވަނީ އޭނާގެ ސޯޝަލް މީޑިޔާ އެކައުންޓްތަކުން ފޭނުންނާ ހިއްސާކޮށްފައެވެ. މިއާ އެކު ފޭނުން ދަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

ރަންޖިތު ތިވާރީ ޑައިރެކްޓްކޮށްފައިވާ މިފިލްމަކީ ސްޕައި ތުރިލާއެކެވެ. އަދި މި ފިލްމަކީ ކޮވިޑް19 ޕެންޑަމިކުތެރޭގައި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކާ އެކު މަސައްކަތް ނިންމައިލި ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި ފިލްމަކީ ވަރަށް ބޮޑު ޗެލެންޖެއްކަމުގައި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވީ ފަރާތްތަކުން ބުނެއެވެ. އަދި ކާމިޔާބު ކަމާއެކު ފިލްމު ނިންމާ، ފިލްމް ތިއޭޓަރުގައި އެޅުވުމަށް ނިންމުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

Ads by HDC
  1. ޢަކުސޭ

    ކޮނޑަ ކުނޫން ތަ . ޢަޅުވަނީ. ބޮޑު ސްރީންގަ އަޅުވަން ވާއިރަށް އޮންނާނީ ކައްގަނޑުން ފެޅިފަ. ފަހަން ޖެހިފަ.