ތާޕްސީގެ މި ލަގެޖުގެ އަގު ނިޝާން ކާރަކަށްވުރެ އަގު ބޮޑު!

ބޮލީވުޑްގެ ތަރި ތާޕްސީ ޕަންނޫއަކީ އޭނާ ހެދުން އެޅުމުގެ ވައްޓަފާޅި ތަފާތު ފަންނާނެކެވެ. އެންމެ ފާހަގަ ކުރެވޭނީ އޭނާ ގެންގުޅޭ ފެންސީ ސްޓައިލާ ގުޅުވައިގެން ބޭނުންކުރާ އަގު ބޮޑެތި އެސެސަރީސްތަކެވެ.
މިފަހަރު ޕަޕަރާޒީންގެ ލޮލުގައި އަޅައިގަތީ އެއަރޕޯޓުގައި އޭނާ ހިފައިގެން ހުރި އަގުބޮޑު ލަގެޖު ފޮއްޓެކެވެ. ގޯޔާ ބުރޭންޑްގެ މި ލަގެޖުގެ އަގަކީ 8625 ޑޮލަރެވެ. އިންޑިއަން ރުޕީސް އިން ބަލާއިރު އެއީ ހަލައްކަ ވިހި ހާހެވެ. މި ލަގެޖުގެ އަގު ނިސާން ކާރެއްގެ އަގަށްވުރެ ބޮޑުކަމަށް ވެސް ރިޕޯޓްތަކުން ބުނެއެެވެ.

ތާޕްސީ އޭނާގެ އަގުބޮޑު ލަގެޖު ހިފައިގެން
އުމުރުން 34 އަހަރުގެ ތާޕްސީ އިއްޔެ ވަނީ އޭނާގެ 34 ވަނަ އުފަން ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ހިންދީ އަދި ޓެގުލޫ ސިނަމާގައި ވެސް ފާހަގަ ކޮށްލެވޭ ތާޕްސީގެ ކާމިޔާބު ފިލްމްތަކަށް ބަލާލާއިރު 2019ވަނަ އަހަރު ނުކުތް ފިލްމް "ބަދްލާ" އަދި 2020 ވަނަ އަހަރު ނުކުތް ފިލްމް "ތައްޕަޑު"ގެ އިތުރުން ނެޓްފްލިކްސް އިން ސްޓްރީމް ކުރި "ހަސީން ދިލްރުބާ" ފާހަގަކޮށްލެވެއެވެ.
ބޮލީވުޑްގެ ފަންނާނުންގެ މިފަދަ އަގުބޮޑުތަކެތީގެ ވާހަކަ މީޑިޔާއަށް ދޭތެރެ ދޭތެރެއިން ތިލަވެއެވެ. އަދި ބޮލީވުޑްގެ ތަރިންގެ ލަގްޒަރީ ދިރިއުޅުމަށް ވެސް މީޑިޔާގެ ލޯތައް އަމާޒުވެއެވެ.
ތި ލިބޭނެ. ޢީބޭ އިން 10 ޑޮލަރަށް.