ކަންގްނާއާ ދިމާއަށް މަހޭޝް ބަޓް ފައިވާނެއް އެއްލިކަމުގެ ތުހުމަތު
ބޮލީވުޑްގެ އެންމެ ޖެހިލުން ކުޑަ އެކްޓްރެސްއަކީ ކޮބައިތޯ އަހައި ފިނަމަ ޝައްކެއް ވެސް ނެތް ގޮތުގައި ގިނަ މީހުން ބުނާނީ އެއީ ކަންގްނާ ރަނާވަތު ކަމަށެވެ.
ހުނަރުވެރި އެކްޓިންގެއް ދައްކައި ދިނުމަށް ވުރެ ބޮޑަށް ކަންގްނާ މަޝްހޫރުވެފައި ވަނީ އޭނާ މީހުންނާ ދިމާލަށް ބުނެލާ ބަސްތަކުންނެވެ. އަދި ބައެއް ފަހަރު ކަންގްނާގެ އެކަހަލަ މައްސަލަތަކާއި ވާހަކަތަކުގައި އޭނާގެ ދައްތަ ރަންގޯލީ ޗަންދެލް ވެސް ބައިވެރިވެއެވެ.
އެގޮތުން 2019 ވަނަ އަހަރު ރަންގޯލީ ވަނީ މަޝްހޫރު ފިލްމު ޑައިރެކްޓަރ މަހޭޝް ބަޓްއާއި އޭނަގެ ހަގު ދަރިފުޅު އާލިއާ ބަޓްއަށް އެތައް ތުހުމަތުތަކެއް ކޮށްފައެވެ.
އޭގެތެރެއިން އެއް ކަމަކަށް ރަންގޯލީ ބުނީ، މަހޭޝް ބަޓް ވަނީ "ވޯ ލަމްހޭ"ގެ ޝޫޓިންގް ނިމުމުން، ކަންގްނާއާ ދިމާލަށް ފައިވާނެއް އެއްލާފަ ކަމަށެވެ.
ރަންގޯލީގެ އެ ވާހަކަތަކަށް ޖަވާބު ދެމުން މަހޭޝްގެ އަންހެނުން އަދި އާލިއާގެ މަންމަ ސޯނީ ރަޒްދާން ބުނީ، އެ ފިލްމުގައި ކަންގްނާ ހިމަނައިގެން މަޝްހޫރު ކޮށްދިން މީހަކީ މަހޭޝް ކަމަށާއި އެކަމަކު މަޝްހޫރުކަން ލިބުމުން މިހާރު އޭނާއާ ބެހޭ ގޮތުން އެފަދައިން ވާހަކަ ދައްކަނީ ކަމަށެވެ.
އެކަމަކު ސޯނީގެ އެ ވާހަކަތަށް ރަންގޯލީ ދޮގު ކުރިއެވެ. ރަންގޯލީ ބުނީ ކަންގްނާ މަޝްހޫރު ކޮށްދިނީ މަހޭޝް ބަޓް ނޫން ކަމަށާއި އެއީ އަނޫރާގް ބާސޫ ދިން ފުރުސަތެއް ކަމަށެވެ. އަދި އެ ޕްރޮޑަކްޝަން ހައުސްއަކީ ވެސް އަނޫރާގްގެ ތަނެއްކަން ރަންގޯލީ ހަނދާން ކޮށްދިނެވެ.
ސޯނީގެ ޓްވީޓަށް ރައްދު ދެމުން ރަންގޯލީ ބުނީ "ވޯ ލަމްހޭ" ގެ ޝޫޓިންގް ނިމުމަށް ފަހު ޓްރެއިލާ ދައްކާލަން ޕްރިވިއުއެއް ބޭއްވި ކަމަށާއި އެތަނަށް ކަންގްނާ ދިޔުމުން މަހޭޝް ބަޓް އޭނާއާ ދިމާލަށް ފައިވާނެއް އެއްލައި، ތިއޭޓަރުން ދާން ބުނި ކަމަށެވެ.
ކަންގަނާ އަކީ އަނގަބޮޑުކަމާ، ދޫ ދިގު ކަމުގައި ޙައްދުފަހަނައަޅައިފައިހުރި މީހެއް.
ރަނގަޅަށް ތި ބުނީ