ސިޔާސީ

ޔާމީނާއި މައުމޫނާ ދެމެދު ޖެހުނު މައްސަލަތަކުން ރައީސް ޞާލިހާއި ނަޝީދު ޢިބުރަތް ހޯއްދަވަން ޖެހޭ: ގާސިމް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އެ މަނިކުފާނާއި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ ޖެހުނު މައްސަލަތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިބުރަތް ހޯއްދަވަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ސަރުކާރު ކޯލިޝަންގައި ވެސް ހިމެނިވަޑަައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެ ޕާޓީގެ ރައީސް ނަޝީދާ ދެމެދު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި ޕާޓީގެ ތެރޭގައި އެ ދެ ބޭފުޅުންގެ ދެ ފެކްޝަނެއްގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

ރައީސް ޞާލިޙުއާ އެކު ސިޔާސީ ގުޅުން ކަނޑައިލެއްވި ކަން ނަޝީދު ވަނީ މިދިޔަ މަހު އިއުލާން ކުރައްވައިފައެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދު ކުރައްވަން އުޅުއްވި އެއް ކަމަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އެކު އެމްޑީޕީން ކޯލިޝަން ހެދުމަށް ބާރު އެޅުމެވެ.

މި މައްސަލަތަކާ ގުޅޭގޮތުން ގާސިމް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ މައްސަލަގަނޑުން އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އެހެންވެ އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަގަނޑުން އިބުރަތް ލިބިގަނެ، ރައީސް ޞާލިޙާ ނަޝީދު މަސައްކަތްޕުޅު ކުރެއްވުން ވަރަށް މުހިންމު ކަމަށެވެ.

"މައުމޫން އެ ގޮތަށް އުޅުއްވީމާ ކަންތައް ވީ ގޮތް ދެ ބޭފުޅުން ވެސް ބަލަން ޖެހޭ. ރައީސް އިބޫ ސޯލިހަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ ރައީސް ނަޝީދާ މެދު ކަންތައް ކުރެވޭ ގޮތަކުން ނަތީޖާ އަންނާނީ ކިހިނެއްކަން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، ކޮވިޑުގެ މި ބަލިމަޑުކަމުން ކިރިޔާ އަރައިގަނެވޭ އިރަށް ރައީސް ޞާލިހާ ދިމާކޮށްލައިގެން އެމްޑީޕީގެ ބައެއް ބޭފުޅުން އަމިއްލަ އެދުން ކުރިއަށް ނެރުއްވައި އެ އުޅުއްވާ ބަލައި ނުގަންނަވާ ކަމަށެވެ.

  1. ފަރީދު

    ބަލަގަ މާބުރާ ކަލޭ މޮޔަފުޅުވީތޯ؟ އަހަރުމެންގެ ރައީސް ނަޝީދަށް ދިން ހަމަލާގެ އަޑީގައި އިބޫގެ ސަރުކާރުވޭ
    އެހެންވީމާ އަހަރުމެން ބޭނުމެއްނޫން އިބޫއާ ގުޅޭކަށް އަހަރުމެން މިތިބީ ރައީސް ނަޝީދާއެކުގައި