ޚަބަރު

ޚިޔާލު ހޯދުމުގެ ބައްދަލުވުމުގައި ދިން ޚިޔާލު ބަލައިގަނެ، ދެ ގެއެއްގައި ސިޓީ ކައުންސިލުން ރޭންޕް ބަހައްޓައިދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޚިޔާލު ހޯދުމުގެ ބައްދަލުވުމުގައި ދިން ޚިޔާލު ބަލައިގަނެ، ދެ ގެއެއްގައި ސިޓީ ކައުންސިލުން ރޭންޕް ބަހައްޓައިދީފިއެވެ.

Ads by STELCO

މާލޭސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ސިލްސިލާކޮށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން އިއްޔެ ރޭ މައްޗަންގޯޅީ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެ ގެއެއްގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ރޭންޕް ބަހައްޓައިދިނުމަށް ކައުންސިލަށް އެދިފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.

އަދި އެ ފަރާތްތަކުގެ އެދުމުގެ މަތިން އިއްޔެ އެ ދެ ގޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ރޭންޕް ބަހައްޓައިދީފައިވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވަނީ އެ މަސައްކަތް ކޮށްދެއްވި އެ އިދާރާގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މޭޔަރު ވަނީ މާލޭގައި އެއްގަމު އުޅަނދު ފަހަރު ގިނަވެ ރައްޔިތުންނަށް އެތައް އުނދަގުލެއް ކުރިމަތިވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް މާލޭސިޓީގައި ގެންގުޅެވޭނެ ވެހިކަލްގެ ލިމިޓެއް ކަނޑައަޅާނެކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

ރާއްޖޭގެ ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭނެ ގޮތަށް ގިނަ ޚިދުމަތްތަކެއް އިންތިޒާމް ކުރެވިފައި ވެއެވެ. މިގޮތުން ސަރުކާރުގެ އޮފީސްތަކާއި، މިސްކިތްތަކުގައި ވެސް މިފަދަ ރޭމްޕްތައް ހަދައިފައިވެއެވެ.

  1. Adindaa19

    ބެސްޓް❤