ރައީސް ޔާމީނަށް އެކަނި ދައުވާ ކޮށްފައި ނިންމައިލުމަކީ ވަރަށް ހުތުރުކަމެއް: ރައީސް ނަޝީދު
މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއަަރްސީ)ގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އެކަނި ދައުވާކޮށްފައި ނިންމައިލުމަކީ ވަރަށް ހުތުރުކަމެއް ކަމަށް މަޖިލިސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ރައީސް ނަޝީދު މިއަދު ކުރެއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ދައުވާތައް ނުކުރެވޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ.
"ރައީސް ޔާމީނަށް އެކަނި ދައުވާ ކޮށްފައި ނިންމައިލުމަކީ ވަރަށް ހުތުރުކަމެއް. އެއަށް ވުރެ ބޮޑަށް ދައުލަތް އޮރިޔާން ވާނެ ކަމެއް ނެތް" ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާ އިރު، މި މައްސަލައިގައި ތުހުމަތު ކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަޙްލޫފް ވެސް ވަނީ މިކަމާ ގުޅޭގޮތުން ކަންބޮޑުވުންތަކެއް ފާޅު ކުރައްވައިފައެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވިކަމުގެ ތުހުމަތުގައި މި ވަގުތު ސަސްޕެންޑު ކޮށްފައިވާ މިނިސްޓަރ މަޙްލޫފް ރޭގައި ވިދާޅުވީ އެ މައްސަލަ ކޯޓަށް ހުށަހަޅައި އޭނާގެ މައްޗަށް ދަޢުވާކޮށްފި ނަމަ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި އިތުރު އެއްވެސް މީހަކަށް ދަޢުވާ ނުކުރެވޭނެ ވަރުގެ ކޭސްއަކަށް އެ ކޭސް ވެގެންދާނެ ކަމަށެވެ.
ވަރަށް ތާހިރު ވަހަކައެއް. މަނިކުފާނަކީ ވަރަށް ދެބޯގެރި ދުއްވަން ދަންނަ މީހަކަށް ހެދިގެން އުޅޭ މުނާފިޤު ކަން ބޮޑު ދޮގުވެރި ބޭކަލެއް. މަނިކުފާނުގެ އޯޑަރަރަށް އެނުބައިކަން ބޮޑު ޖަރީމާ އެ ހިންގަނީ. ތާހިރުވާކަށް ތިޔަ ވާހަކަ ދައްކާނެ ކަމެއް ނެތް. ޜާއްޖޭގެ ހުރިހާ ރައްޔިތުން ދަނޭ. ޢެކަން ކުރަނީ މަނިކުފާނުކަން.
ކަލޯ ޖަލަށް ލީމަ ބަދަލު ހިފަން ކުރިކަމެއް ފޮނިވާހަކަ ނުދައްކާ