ޚަބަރު އިޖުތިމާޢީ

ޒިހާންގެ މައްޗަށް ކުރާ ދައުވާތަކުން 100 އަހަރުގެ ހުކުމެއް އަތުވެދާނެ: ޕީޖީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރަހީނު ކުރުމަށް ފަހު މަރައިލާ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ކުޑަކުއްޖާ މަރައިލުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން (27)، މައްޗަށް ކުރާ ދައުވާތައް އޭނާގެ މައްޗައް ސާބިތުވެއްޖެ ނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ޕީޖީ ޝަމީމް ވިދާޅުވީ ޒިހާންގެ މައްޗަށް 13 ދައުވާއެއް އުފުލައިފައިވާ ކަމަށާއި މިދައުވާތައް އޭނާގެ މައްޗަށް ސާބިތު ވެއްޖެ ނަމަ 100 އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އަންނާނެކަމަށެވެ.

އޭނާގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި ގްރޫމްކުރި ކަމުގެ ކުށުގެ ދައުވާއާއި ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ ކުށުގެ ފަސް ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއާއި ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރި ކުށުގެ ދައުވާއާއި މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުނު ކަމުގެ ކުށުގެ ދައުވާ އަދި މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެކެވެ.

ފީޖީ ވިދާޅުވީ ޒިހާންގެ މައްޗަށް ޖިންސީ ގޯނާގެ ބައިވަރު މައްސަލަތަކެއް އެބަހުރި ކަމަށާއި އެހެން ނަމަވެސް ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން އެކަން ހާމަކުރެވެން ނެތް ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 21ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މަރައިލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ވެސް ހަދައިފައެވެ. މަރައިލުމަށް ފަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އިރުއުތުރު ސަރަހައްދުގެ ފަޅުތެރެއަށް އެއްލައިލައިފައި އޮއްވާ ފެނުނު އެކުއްޖާގެ މައްސަލައިގައި 27 އަހަރުގެ މީހަކާއި 17 އަހަރުގެ މީހެއް ހަމަ އެ ދުވަހު ހައްޔަރު ކުރެވުނު އިރު އެ ކުއްޖާގެ ހަށިގަނޑު ހުޅުމާލެއަށް ގެންދިޔަ ކާރެއް ވެސް ބަލައި ފާސް ކޮށްފައިވެއެވެ

Ads by Allied Insurance
  1. ޖާނޭ

    100އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ޕީ.ޖީ ވިދާޅުވުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. މިގޮތުން ޕީ.ޖީ އިންރިޝްވަތު ހިފުމާއި ޑީލް ހެދުމަށް މަގު ފަހިވޭ. މީހުން މެރުމަކީ ބޮޑު ކުށެއް. ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބު ބޮޑަށް އެގޭނީ ޤާނޫނީ ވަކީލުންނަށް.ނަމަވެސް، ބިރުދެއްކުމެއް ކަމުގައި ބެލެވޭނީ އެޑްވާންކޮށް ޕީ.ޖީއިން ބުނުމަކީ. ކޯޓުން ކަނޑައޅަނީ ސާބިތުވުމާއި ނުވުން އަދި ޝަޒާގެ މިންވަރާއި ބާވަތް. އެއީ ޕީ.ޖީގެ މެންޑޭޓެއްނޫން. ކޯޓްތަކުގެ ހުރުމަތް ކެނޑި ކަމަށް ބަލައި ޕީ.ޖީގެ މައްޗަށް ދައުވާކުރުމަށް ގޮވާލަން.

  2. މިނިސްޓަރ

    އަދިވެސް ޕީޖީ އަށްދައުވާ ކުރަންވީ…އެކަން ކުރި މީހާ ހަމަ ރަޖަމް ކުރަންވީ.. ކޮންމެ މީހަކަށް ވެސް އަމިއްލަ ދަރިއަކަށް ނުވާތީ ތިހެން ވާހަކަ ދެއްކިދާނެ….އިންސާނިއްޔަތުކަމެއްވެސް ނެތީތާ….