އިސްތިއުނާފު ކުރިޔަސް ޖޫރިމަނާ ދައްކަން ޖެހޭނެ: އޭޖީ އޮފީސް
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ މަނީ ލޯންޑަރިން މައްސަލައިގެ ހުކުމް އިސްތިއުނާފް ކުރަން ހުށަހަޅައިފައިވީ ނަމަވެސް ޖޫރިމަނާ ދައްކަން ޖެހޭނެކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން ވިދާޅުވެއްޖެއެވެ.
އޭޖީ އޮފީހުން މިއަދު ވިދާޅުވީ މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުން "އޮޓަމެޓިކުން" ފަސްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.
"ދަށު ކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރުމަށް ފަހު އެ ނިންމުން ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އިސްތިއުނާފީ ކޯޓުން ނުނެރޭހާ ހިނދަކު އެ ނިންމުން ތަންފީޒުކުރުމަށް ހުށަހެޅުމަށް ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅުއްވައިފައި" އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.
ޖޫރިމަނާ ނުދައްކާ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި ނަމަވެސް ސުޕްރީމް ކޯޓުގައި އޮތް މި މައްސަލައިގެ އިސްތިއުނާފަށް އެޅޭނެ ހުރަހެއް ކަމުގައި ވެސް އޭޖީ އޮފީހުން ވިދާޅުވިއެވެ.
މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާ އެކު ރައީސް ޔާމީންގެ މައްޗަށް ވަނީ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 5 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމް ކޮށްފައެވެ.
ނަމަވެސް އެ ފައިސާ އަދިވެސް ދައްކައިފައި ނުވާތީ އޭޖީ އޮފީހުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
މިކަމާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެފައި ވަނީ ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު، ރައީސް ޔާމީނުގެ ޔާމީންގެ ހައްގުތަކަށް އަރައިގެންފައިވާ ކަމަށެވެ.
ކޮބާ ރިފްޢަތު ޔާމީނުގެ ހައްޤުތަކަށް އަރައިގަތް ވާހަކަ ތިޔަ ދައްކާއިރު ޔާމީނު އަހަރެމެނ ރައްޔިތުންގެ ހައްޤަށް އަރައިގަނެ ރައްޔިތުންގެ ލާރިން ވައްކަން ކުރިއިރު ކަލޭމެންހުރިހާ ވަކީލުން ތިބީ ކްރޮސްރޯޑް ގަ ޕިކްނިކަންށް ގޮސް ދޯ. ދައްކާ ވާހަކަ.