ޚަބަރު ސިޔާސީ

ވައްޑެ ރޮޒައިނާއަށް: އެމްޑީޕީ ހަރުގެ ހިންގާ ގޮތާ، ޑީއާރުޕީ ހަރުގެ ހިންގެވި ގޮތާ ވަރަށް ތަފާތުވާނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރުގެ ހިންގާ ގޮތާ ޑީއާރުޕީގެ ހަރުގެ ހިންގެވި ގޮތާ ވަރަށް ތަފާތުވާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއަށް ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ވައްޑެ މިހެން ވިދާޅުވީ "ނަޝީދުގެ އަމިއްލަ ކަންކަމުގައި އެމްޑީޕީގެ ވަސީލަތްތައް ބޭނުންކުރާކަމަށް ތުހުމަތުކޮށްފި" ނަމުގައި އޮންލައިން ނޫހެއްގައި ލިޔުނު ހަބަރެއް ރީޓްވީޓް ކުރައްވައެވެ.

އެ ޚަބަރުގައި ވަނީ ބަރުލަމާނީ ޕެޓިޝަނަކީ އެމްޑީޕީއިން ކުރާކަމެއް ނޫންކަމަށް އެ ޕާޓީން ބުނެފައިވާ ބުނުމާ އެކު އެކަން ސާފުކޮށްދެއްވީތީ ޝުކުރު އަދާ ކުރައްވާ ރޮޒައިނާ ކުރެއްވި ޓްވީޓެއްގެ ވާހަކައެވެ. އެ ގޮތުން އެ ޓްވީޓްގައި ރޮޒައިނާ ވިދާޅުވިގޮތުގައި ބައެއް މީހުންނަށް އޮޅޭ ގޮތް ވަނީ ބަޔަކު ކުރާ އަމިއްލަ ކަމެއްގައި ބައިވެރިވާން އެމްޑީޕީގެ ރަސްމީ ޓުވިޓާ އެކައުންޓުން އަންގާތީ ކަމަށްވެދާނެއެވެ.

އެ ކަމަށް ރައްދު ދެއްވާ ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމްޑީޕީ ހަރުގެއަކީ އާއްމު މެމްބަރުންގެ ހަރަކާތްތަކަށް ހަދައިފައި ހުންނަ ތަނެއްކަމަށެވެ.

"އެމްޑީޕީ ހަރުގެ ހިންގާ ގޮތާ، ޑީއާރުޕީ ހަރުގެ ސިނަމާލެ 2 އެޕާޓްމެންޓް އެއްކޮށްގެން ރޮޒޭމެން ހިންގެވި ގޮތާ ވަރަށް ތަފާތުވާނެ. އެމްޑީޕީ ހަރުގެއަކީ އާއްމު މެމްބަރުންގެ ހަރަކާތްތަކަށް ހަދައިފައި ހުންނަ ތަނެއް." ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވީ ޕެޓިޝަނުގައި ސޮއި ކުރަނީ އަމިއްލަ ޖަމާއަތަކާއި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށެވެ.

ހަސަން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ހޯދުމަށް ސޮއިކުރާ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ކުރަނީ އެމްޑީޕީ އޮފީހުގައެއް ނޫނެވެ. އެހެން ނަމަވެސް ހަރުގެ ތަކުގައި އެ މަސައްކަތް ކުރަނީ މެމްބަރުން އެދޭ އެފަދަ ހަރަކާތްތަކަށް ޕާޓީގެ ހަރުގެތަކާއި ޖަގަހަތައް ދޫކުރާތީ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި ބަރުލަމާނީ ޕެޓިޝަނުގެ މަސައްކަތް ހަރުގޭގައި ކުރުމަށް އޭނާގެ ގާތަށް ޕާޓީގެ ގިނަ މެމްބަރުންތަކެއް ދުރުވި ކަމަށާއި އެ ބޭފުޅުން އެދިލެއްވީ އަމިއްލަ ޖަމްއިއްޔާއަކާ ގުޅިގެން އެކަން ކުރިއަށް ގެންދިޔުމަށް ކަމަށްވުމުން އެކަން އެގޮތަށް ކުރިއަށް ގެންދަނީ ކަމަށެވެ.

Ads by Ooredoo
  1. މުނާޒް

    ޢަމިއްލަ އެދުމުން ފުރިފަތިބިބަޔަކު ހިންގާގޮތް ތަފާތުވާނެކަން އެގޭ ވައްޑެއާ އާޒމްއާ ހަސްން ލިތިފައަކީ އަމިއްލަ އެދުން ބޯޑުބައެއް