ޚަބަރު ބޮލީވުޑް

އަނޫޕަމާގެ ކޮލެޖްގެ އެކުވެރިޔާއާ ބައްދަލުވުމުން ވަންރާޖް "ޖެލަސް"ވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އަނޫޕަމާ ޑްރާމާގެ ލީޑް ތަރިން

ސްޓާ ޕްލަސްގެ މަގުބޫލު ޑްރާމާ ސީރީޒް އަނޫޕަމާއަކީ މިހާރު ދިވެހިންގެ މެދުގައިވެސް މަގްބޫލުވެފައިވާ ޑްރާމާއެކެވެ. އަނޫޕަމާ ޑްރާމާއަކީ ސްޓާ ޕްލަސްއިން ދައްކާ އެންމެ ގިނަ މީހުން ބަލާ ޑްރާމާއެވެ.

Ads by MWSC

ޝޯގެ މަގްބޫލުކަން ދުވަހެއް ދުވަހަކަށް އިތުރުވެ "ޓްވިސްޓް"ތައް ގިނަވެފައިވާއިރު އެ ޑްރާމާއަށް އައު ތަރިއެއް އަންނަން އުޅޭކަމުގެ ޕްރޮމޯތައް ދައްކާތާ ދުވަސްކޮޅެއްވެއްޖެއެވެ. އަންނަން އުޅެނީ ބޮޑު ވިޔަފާރިވެރިޔެއް ކަމުގައިވާ "އަނުޖް ކަޕާޑިޔާ" ކަމަށާއި އޭނާއާ ބައްދަލު ކޮށްލަން ބޭނުން ނުވާ އެކަކު ވެސް ނުހުންނަވަރުގެ ކާމިޔާބު މީހެއްކަން ވެސް ޕްރޮމޯތަކުން ވަނީ ފެނިގެން ގޮސްފައެވެ.

ޑްރާމާގެ އެންމެ ފަހުގެ ޕްރޮމޯގައި ފެނިގެން ގޮސްފައި ވަނީ "އަނުޖް ކަޕާޑިޔާ"އަކީ ކާކު ކަމެވެ. މި ގޮތުން މިޑްރާމާގައި އަނުޖް ކަޕާޑިޔާގެ ރޯލުން ފެނިގެން ދާނީ މީގެ ކުރިން ވެސް ގިނަ ޑްރާމާތަކަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދައިފައިވާ ގޯރަވް ކަންނާއެވެ. އަދި އޭނާ ކުޅޭ ރޯލަކީ އަނޫޕަމާގެ ކޮލެޖް ދުވަސްވަރުގެ އެކުވެރިއެއްގެ ރޯލުކަން ވެސް މިހާރު ވަނީ ޔަގީންވެގެން ގޮސްފައެވެ.

ކޮންމެއަކަސް އަނޫޕަމާގެ ދިރިއުޅުމަށް މި އަންނަ އައު ބައިވެރިޔާއާ އަނޫޕަމާ ބައްދަލުވުމުން އެކަމާ އެންމެ ހަސަދަވެރިވެ ހިތަށް އުނދަގޫވީ އަނޫޕަމާގެ ކުރީގެ ފިރިމީހާ ވަންރާޖް ޝާހްއަށް ކަމަށް ވެސް ޕްރޮމޯގައި ވަނީ ފެނިގެން ގޮސްފައެވެ.

ޒަމާނީ ފިރިއެއް ކަމުގައިވާ ވަންރާޖް ޝާހް (ސުދާންސޫ ޕާންޑޭ) ޒަމާނަށް ލޯ ނުހުޅުވޭ އަނތްބަކު ކަމުގައިވާ އަނޫޕަމާ (ރުޕާލީ ގަންގުލީ)ދެކެ ފޫހިވެ އޮފީސް ތެރެއިން ފެށި ލޯބީގެ ކުޅިގަނޑެއްގެ ތެރޭގައި އާއިލާއެއް ތަހަންމަލް ކުރާ ކަންތައްތަކެއް ދައްކުވައިދޭ މިޑްރާމާގާއި ވަންރާޖްގެ ޒަމާނީ އޮފީސް ބައިވެރިޔާގެ ބައި ކުޅެފައި ވަނީ މަޑަލްޝާ ޝަރްމާއެވެ. މި ޑްރާމާގައި މަޑަލްޝާ އަކީ ކާވިޔާގެ ނަން ކިޔާ ޒުވާން އަންހެން ކުއްޖެކެވެ. ޑްރާމާގެ މިހާ ހިސާބަށް އައިއިރު އޮފީސް ތެރޭން ފެށުނު ލޯބީގެ ކުޅިގަނޑު ގަދަވެ އަނޫޕަމާ ވަރިކޮށް ވަންރާޖް ވަނީ ކާވިޔާއާ ކައިވެނިކޮށްފައެވެ.

Ads by Ooredoo
  1. ފީލލ

    އަނޫ ޕަމާ ކޮލެޖަށް ދިޔައީ ކޮންއިރަކު؟ އޭނަ އެއީ ނުކިޔަވާ ހުރި މީހެއްކަމަށް ކުރިން އެޕިސޯޑްތަކުގަ ދައްކާފަ ހުރީ

    • އަނުޕަމާ

      ތިބުނީީ ރަނގަޅ ވާހަކައެއް