ޚަބަރު ޝަރުޢީ ދާއިރާ

ޖާބިރު ދިރިއުޅުއްވާ ގެކޮޅު ވިއްކާލަން ކޯޓުން އަމުރުކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދިރިއުޅުއްވާ އެ މަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމުގައިވާ މ.އަތަމާޕްލާޒާ ގަންނަން ޝަައުގުވެރިވާ ފަރާތްތަކަށް އެ ގެ ބެލުމުގެ ފުރުސަތު ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިިވިލް ކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒުކުރުމުގެ ގޮތުން ޖާބިރު ދިރިއުޅުއްވާ ގެކޮޅު ގަންނާނެ ފަރާތެއް ހޯދުމަށް ވަނީ އިއުލާނެއްކޮށްފައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މ. އަތަމާޕްލާޒާ ޖާބިރު ބައްލަވައިގަނެފައިވީ ނަމަވެސް އެގޭގެ ރަޖިސްޓްރީއާއި ލިޔެކިޔުންތައް ޖާބިރުގެ ނަމަށް ބަދަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން އެ ގޭގެ ވެރިޔާކަމުގައިވާ އަދި މަލީޝާ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ވެރިޔާ އިސްމާއީލް އަބްދުލްލަތީފުގެ ދަރަނީގެ މައްސަލަތަކެއްގައި އެ ގެ ވިއްކާލަން އިއުލާނުކުރީއެވެ. އަދި ޖާބިރު އެ ގޭގައި ދިރިއުޅުއްވި ނަމަވެސް މިހާރު އެ ގެ ވަނީ ހުސްކޮށްފައެވެ.
މ.އަތަމާޕްލާޒާ ގަންނާނެ ފަރާތެއް ހޯދުމަށް އިއުލާނެއް ކޮށްފައިވާތީ އިއްޔެ ސިވިލް ކޯޓުން ނެރެފައިވާ އަމުރެއްގައި ބުނެފައި ވަނީ އެ ގޯއްޗާއި، އެގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ނުއުފުލޭ މުދައު ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ ފަހެއް ވާ ހޮނިހިރު ދުވަހުން ފެށިގެން ހަތެއްވާ އަންގާރަ ދުވަހުގެ 13:30 އިން 17:30ގެ ނިޔަލަށް އެގެ ބެލުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ.
އިސްމާއީލް އަބްދުއްލަތީފުގެ މައްޗައް ސިވިލްކޯޓުން ކޮށްފައިވާ އަމުރުގައި އިތުރަށް ބުނެފައި ވަނީ ގެ ބެލުމުގެ އިންތިޒާމް ހަމަޖެއްސުމުގައި އޭނާއަށް އެއްވެސް ދަތިކަމެއް ދިމާވެ، ތަން ހުޅުވައި ދެއްކުމުގައި ދިވެހި ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެކަމުގައިވާ ނަމަ، އެ ތަންތަން ހުޅުވައި ތަން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް ވެސް އަމުރުކުރާ ކަމަށެވެ.

މަލީޝާ ހައްޖު ގުރޫޕުގެ ވެރިޔާގެ އަމިއްލަ ފަރާތަކަށް ދައްކަން ޖެހޭ ދަރަންޏެއްކަމަށް ކޯޓަށް ސާބިތުވެފައިވާއިރު އެފައިސާ ދެއްކެން އޮތީ އެފަރާތުގެ މިލްކުގައިވާ އަތަމާޕްލާޒާ ޝަރީއަތުން ވިއްކައިގެން ކަމަށް ވާތީ އެ ގެ ވިއްކާލަން އެކޯޓުން އަމުރުކޮށްފައިވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވަނީ އިސްމާއިލަށް އެއްފަހަރާ ފައިސާ ދެއްކުމަށް ފަހު އަތަމާޕްލާޒާ ގަނެފައިވާކަމަށް މެމްބަރު ޖާބިރު ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ ގެއަކީ ޖާބިރުގެ ގެއެއްކަމަށް ބުނުން ފިޔަވައި އެކަމުގެ އެއްވެސް ހެއްކެއް ޖާބިރުގެ ފަރާތުން ދެއްކިފައެއް ނުވެއެވެ.

Ads by Sosun Fihaara

Ads by HDC
  1. ނަރުދޫ ހަސަނު

    ޖާބިރުގެ ނަންގަނެވޭ ކަމެއްގައިވެސް ހަތަރު ދަންފަށަށްވެސް ކައިރިވާންވާނީ ވިހި ފަހަރު ވިސްނާފަ

  2. މޫސަ

    ތޮރުފާ ޤާސިމަށް ބިމެއް ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތް ކުރަނީހެން އެބަހީވޭ