އައްޑޫ ކޮވިޑް ހާލަތު ގޯސްވެ ފްރޮންޓްލައިނަށް ވޮލަންޓިއަރުން ހޯދަނީ

"ކޮވިޑް-19އާ ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 07 ސެޕްޓެމްބަރ 2021ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ސީވީއާ އެކު އެކަމަށް އެދި މިހޮސްޕިޓަލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މިހޮސްޕިޓަލުގެ އީމެއިލް [email protected] އަށް ފޮނުވާ ސިޓީ އަދި ސީވީ ވެސް ބަލައިގަނެވޭނެއެވެ." އިކުއެޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ވޮލަންޓިއަރުންގެ ގެގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އެދޭ ނަމަ 6885046 ނަމްބަރ ފޯނަށް ގުޅުމަށް ވެސް އެއިއުލާނުގައި ވަނީ ބުނެފައެވެ.
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތައް ކަމުގައިވާ ސ. ހިތަދޫ، ސ. މަރަދޫ، ސ.މަރަދޫފޭދޫ އަދި ސ.ފޭދޫ ވަނީ މިދިޔަ އޯގަސްޓުމަހުގެ 28 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައެވެ.