ޚަބަރު ސިޔާސީ

ޔާމީނަށް ހުކުމް ކުރައްވާނީ ކިހިނެތްކަން ނަޝީދަށް އެނގިލެއްވި، ދަށު ކޯޓުގެ ކަންކަމާ ނޫޅުއްވާށޭ ވިދާޅުވި: އަދުރޭ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ޙުކުމް އިއްވުމުގެ ކުރިން ޙުކުމް އަންނާނީ ކިހިނެތްކަން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އެނގިލައްވާ ކަމަށް، އިދިކޮޅުގެ ވަގުތީ ލީޑަރު އަބްދުއްރަޙީމް އަބްދުﷲ ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވަނީ ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ދިޔައިރު ބައެއް ކަންކަން ހިނގާ ދިޔަގޮތް ކިޔާދެއްވައިފައެވެ. މިގޮތުން ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުން ދިޔައިރު ތަފާތު އެކި މަރުހަލާތަކުގައި ޕީޕީއެމްއިން ދިޔައީ އެކި މުއްސަސާތަކާ ބައްދަލު ކުރަމުން ކަމަށާއި ބައެއް ބޭފުޅުންނާ ވެސް ބައްދަލު ކުރި ކަމަށެވެ. މީގެ ތެރޭގައި ރައީސް ނަޝީދު ހިމެނި ވަޑައިގަންނަވާ ކަަމަށް ވެސް އަދުރޭ ވިދާޅުވިއެެވެ.

އަދުރޭގެ ވާހަކަފުޅުގައި ވިދާޅުވީ، ރައީސް ޔާމީނަށް ހުކުމް ކުރަން ތިން ގަޑިއިރަށް ވެފައި އޮއްވާ ރައީސް ޔާމީންގެ މައްސަލައިގެ ފަނޑިޔާރު ވަކިކޮށް، ކޯޓުތަކުގެ އުސޫލުތަކާ ޚިލާފަށް، އެ މައްސަލައި ބައްލަވަން ހަވާލުވި ފަނޑިޔާރު، އަލީ ރަޝީދު އަމިއްލަ ފުޅަށް ބެންޗް ކަނޑައެޅުއްވި ކަމަށެވެ. އަދި ބެންޗް ކަނޑައަޅަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުން ކަމަށާއި އެމައްސަލައަކާ ހަވާލުވާ ފަނޑިޔާރަކަށް ބެންޗް ކަނޑަނޭޅުއްވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ޔާމީންގެ މައްސަލައިގައި މީޑިއާއަކަށް ދިން އިންޓަވިއުއަކީ ސުލޫކީ މައްސަލައެއް ކަމުގައި ދެކިގެން، އެމައްސަލަ ޖޭއެސްސީއަށް ހުޅަހެޅި ކަމަށާއި އަދި ކަމާބެހޭ އެކި އިދާރާތަކާ މިމައްސަލައިގައި ބައްދަލު ކުރި ކަމަށެވެ. އަދި އިދާރާތަކުން އެއްބާރުލުން ނުލިބުމުން ޕާޓީގެ ބޭފުޅުން ވަކިވަކި ފަރުދުންނާ ބައްދަލު ކުރެއްވި ކަމަށާއި އޭގެ ތެރޭގައި މަޖިލީހުގެ ރައީސް ނަޝީދު ހިމެނި ވަޑައިގަންނަވާ ކަމަށެވެ.

ރައީސް ނަޝީދުއާ ޕީޕީއެމްގެ ޕީޖީގެ މެންބަރުން ބައްދަލު ކުރެއްވުމުން، ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތާ ދެން ނޫޅުއްވުމަށް ވިދާޅުވި ކަމަށާއި ހައި ކޯޓުން މައްސަލަ ކާމިޔާބު ކުރައްވަން އުޅުމަށް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ތިއްބެވި ކަމަށް ބުނާ ޕީޕީއެމްގެ މެންބަރުން ޕޯޑިއަމް ދޮށަށް ގެނެސް، ވާހަކަ ފުރިހަމަ ކުރައްވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ނުނިމި އޮއްވާ ޙުކުމް އަންނާނެ ގޮތް ރައީސް ނަޝީދަށް އެނގިވަޑައިގެންނެވި ކަަމަށެވެ. އަދި މިކަން މިގޮތަށް ހިނގައިފައި ވަނީ ރައީސް ނަޝީދު އެ ހުކުމް ލިޔުއްވުމުންތޯ ސުވާލު އުފެދޭ ކަަމަށް އަދުރޭ ވިދާޅުވިއެވެ.

"ރައީސް ނަޝީދު ވިދާޅުވީ، ތިބޭފުޅުން ދަށު ކޯޓުގެ ކަންތަކާ ނޫޅޭށޭ. ކްރިމިނަލް ކޯޓުގެ ކަންތަކާ ނޫޅޭށޭ. ތިބޭފުޅުން މަސައްކަތް ކުރައްވާށޭ ހައިކޯޓް ކާމިޔާބު ކުރައްވަން.. ރައީސް ޔާމީންގެ މައްސަލަ ނުނިމި އޮއްވާ މި ވިދާޅުވަނީ ދަށު ކޯޓުގެ ކަންކަމާ ތިބޭފުޅުން ނޫޅުއްވާށޭ. މާނައަކީ ރައީސް ނަޝީދަށް އޭރު ވެސް އެނގެއޭ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޙުކުމް ކުރައްވާނީ ކޮން ގޮތަކަށްކަން. ނޫނީ ރައީސް ނަޝީދާއި ރައީސް ނަޝީދުގެ އައުވާނުން އެ އޮތީ ހުކުމް ލިޔެފައި އަލީ ރަޝީދަށް ދީފައޭ." އަދުރޭ ވިދާޅުވީ، ފަނޑިޔާރުންގެ ލީކްވި އޯޑިއޯތަކުގައި ޙުކުމުގައި އޮތް އެއްޗެއް ނޭނގޭ ކަމަށް ވިދާޅުވީ، މިހެންވެ ކަމަށް ވެދާނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދާއި އެމްޑީޕީއިން ދައްކާ ވާހަކަ ދިވެހި ޤަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި ފަނޑިޔާރުންނާއި ޝަރުއީ ކޯޓުތަކަށް އެމްޑިޕީގެ ސަރުކާރުން ނުފޫޒު ނުފޯރުވާ ކަމަށް ކިތަންމެ ގިނައިން ވިދާޅުވިޔަސް، ހަޤީޤަތް މިއަދު ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވެއެވެ.

"ދިވެހި ރާއްޖޭގައި ނޫޅެއޭ މަނިކުފާނު ނުދަންނަ އެކަކުވެސް. މަނިކުފާނު އެއްވެސް ވިދާޅުވީމާ އޭގެ އިދިކޮޅު ރައްޔިތުން ޤަބޫލު ކުރާނީ. މަނިކުފާނު މިއީ ރޭގަނޑެކޭ ވިދާޅުވެއްޖިއްޔާ މެޖޯރިޓީ ރައްޔިތުން ޤަބޫލު ކުރާނީ މިއީ ދުވާލެކޭ. އެވަރުގެ ނުބައި ނުލަފާ ބަޚީލު ބޭފުޅެއް މަނިކުފާނަކީ." އަދުރޭ ވިދާޅުވިއެވެ.

  1. ނަރުދޫ ހަސަނު

    އަދުރޭ ކަލޭ ހަނދާން ނައްތަާލަ. ރައީސް ނަޝިދު ހިގިމަގަކުން ވެސް ހިނގޭނެ ވަގެއްނޫން ތިޔަކީއެއް. ވަގުންނާ ގުޅޭނީ ވަގުންނާ. ތިޔައީ މަގުފުޅާޓިނަ ހުނިގޮޑިވަގު. ދެން ހުރީ ކަލޭގެޔަކީ އެއީ ޑޮލަރު ވަގު. ރައްޔިތުންގެ މާލިއްޔަތަށް ވަންނަންޖެހޭ ޑޮލަރު އަމިއްލަގެޔަށް އުފުލިވަގު. ފުށްގިރިވަގު،

  2. އަލީ

    ނަސީދަކީ މިގައުމުން އިސްލާމްދީން ފުހެލަން މަސައްކަތްކުރާ މަސްތުވާތަކެތި ހުއްދަކޮށް ބޭނުން ދީނަކަށް އުޅުމަށް މަގުފަހިކުރަން ފޮނުވާފައިވާ ޔަހޫދީންގެ ލީޑަރެއް … މިމަގުން ބަލާއިރު އަދުރޭ ވިޔަސް ޔާމީނު ވިޔަސް ޖެހޭނީ ބާކީވާން އެއީ އެގޮތް ބޭނުން ނުވާ ގައުމުދެކެ ލޯބިވާ ދެލީޑަރުން ، ކަލޭމެން ސަނާކިޔާނީ ކަލޭމެން ބޭނުންވާ ގޮތަށް އުޅޭ ލީޑާރުން ނަށް، ވަރަށް ސާފު ދެއްތޯ

  3. ބޯބުޅި

    މަހަމައަޖާބުއަންތަރީސްވެށްޖެއެވެ ….
    މަގޭއުމުރުންވެސް60އަހަރުވެށްޖެ އިރާދަކުރެށްވިއްޔާ. މިފަސްގަޑުގާއޮތީއިސްލާދީން …؛އެއީޓިނުގަޑަކުން ހައިރިސްކަކުން ބޮޑިބަތަކުން ބޮނަކުވާފުޅޔަކުން.ޑޮލަރަކުން.ފުހެލެވޭކަކަމެއްނޫ..
    ތިބާގަޑުމިތާތިބަސްނެތަސްމިޤަޢާުމުގާއޮށްނާނީ….
    އިސްލާނަދީ މާތްﷲއިރާދަކުރެށްވިޔާމިޤަޢުމަކުންއިސްލާދީންނުފުހެވޭނެ …