އަގުބޮޑު ސޯފާގެ މައްޗަށް ސޯނަމް ބޫޓާއެކު އަރައި އާއްމު ކުރި ފޮޓޯއަށް ފިރިމީހާގެ ހާއްސަ ސަމާލުކަމެއް
ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކޮށް ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފައިވާ އެކްޓަރު ސޯނަމް ކަޕޫރުގެ ގެއަށް ގަތް އަގުބޮޑު ސޯފާއެއްގެ ވާހަކަ މީޑިޔާތަކަށް އަރައިފައި ވަނީ ދުވަސްކޮޅެއް ކުރިންނެވެ.
18 ލައްކަ ރުޕީސްގެ އަގުބޮޑު ސޯފާގެ މަތީ ތަފާތުގޮތަކަށް ފޮޓޯއެއް ނެގުމަށް ފަހު ސޯނަމް މިވަނީ ސޯޝަލް މީޑިޔާއަށް ދޫކޮށްލައިފައެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު މިފޮޓޯގައި ސޯނަމް ހުރީ އޭނާގެ އަގުބޮޑު ސޯފާ މަތީ ބޫޓާއެކު ކޮޅަށެވެ.
މިއާއެކު ފިރިމީހާ އާނަންދު އަކަށް ކެތެއް ނުވިއެވެ. އޭނާގެ ހާއްސަ ސަމާލުކަމެއް ވަނީ މިފޮޓޯއަށް ދީފައެވެ. މިގޮތުން ސޯނަމްގެ މިފޮޓޯއަށް ބަލައިފައި ފިރިމީހާ ބުނެފައި ވަނީ އެސޯފާގައި އިށީންނަ ކޮންމެ ފަހަރަކު ވެސް އެފޮޓޯ ސިކުނޑިއަށް ސިފަވާނެކަމަށެވެ.
"އެސޯފާގައި އިށީންނަ ކޮންމެ ފަހަރަކު މި ޕޮޓޯ އަހަރެންގެ ސިކުނޑިއަށް ސިފަވާނެ" އަނބިމީހާ ސޯނަމްގެ ފޮޓޯއަށް އާނަންދު ކުރި ކޮމެންޓްގައި ބުނެފައިވެއެވެ.
ބަތަލާ ސޯނަމް ކަޕޫރު އާއްމުކޮށްފައިވާ މިފޮޓޯގައި ފެންނަނީ ބޮޑެތި ވައްބޮޅުތަކެއް ޖަހައިފައިވާ ދިގު ހެދުމެއް ލައިގެން ކަޅުކުލައިގެ ބޫޓަކާއެކު ނޫކުލައިގެ އެ އަގުބޮޑު ސޯފާގެ މަތީ ކޮޅަށް ހުއްޓައެވެ. މިފޮޓޯ ނަގައިފައި ވަނީ ލަންޑަނުގައި އޭނާ ދިރިއުޅޭ ގޭގައެވެ.
ލެޖެންޑަރީ އެކްޓަރ އަނިލް ކަޕޫރުގެ ދަރިފުޅު ކަމުގައިވާ ސޯނަމް ކަޕޫރުގެ ކައިވެންޏަށް ފަހު ލަންޑަނަށް ދިރިއުޅުން ބަދަލުކޮށްފައިވީ ނަމަވެސް އޭނާ ވަނީ ދާދިފަހުން ދައްތަ ރިއާ ކަޕޫރުގެ ކައިވެންޏަށް އިންޑިޔާއަށް ގޮސްފައެވެ.