ޚަބަރު

ހިބަރެއްގެ ތުންގަނޑު ހެރިގެން ދިވެއްސަކު ނިޔާވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހިބަރެއްގެ ތުންގަނޑު ހެރިގެން އުމުރުން 33 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބ. މާޅޮހަށް ސްނޯކްލިންއަށް ދިޔަ މީހެއްގެ ހިތާ ދިމާލުން މެއަަށް ހިބަރެއްގެ ތުންގަނޑު ހެރިގެން، އެ އަތޮޅު ހޮސްޕިޓަލަށް މިއަދު ހަވީރު 4:10ހާއިރު ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމީހާ ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވި ކަމަށާއި ނިޔާވެފައި ވަނީ އުމުރުން 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން އިތުރު މައުލޫމާތު ލިބިފައެއް ނުވެއެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

  1. އާމީން