ސަރުކާރު

ބޮމުގެ އިންޒާރާ އެކު ފިޔަވަޅުތައް ވަރުގަދަ ކުރަން އެމްޑީޕީން ގޮވައިލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ބޮމެއް ގޮއްވައިލައި ނިރުބަވެރި ހަމަލާއެއް ދޭޭނޭކަމުގެ ނުރައްކާތެރި އިންޒާރެއް ދީފައިވާތީ، އެ އިންޒާރު ސީރިއަސްކޮށް ނަންގަވައި ވަރުގަދަ ފިޔަވަޅުތައް ވަގުތުން ވަގުތަށް އެޅުއްވުމަށް ސަލާމަތީ ހިދުމަތްތަކަށް ވެރިކަން ކުރާ އެމްޑީޕީއިން ގޮވައިލައިފިއެވެ.

Ads by Sosun Fihaara

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެއި މަހުގެ 6 ވަނަ ދުވަހު ބޮން ގޮއްވައިލައި ނިރުބަވެރި ހަމަލާއެއް ދިނުމަށް ފަހު މާ ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ ވެސް އެފަދަ ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު ދިނުމަށް ބޭނުންކޮށްފައި ވަނީ މާލޭގެ ނޫރު މިސްކިތް ކަމަށެވެ.

ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ އިންޒާރުގައި ބުނެފައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވައިލާނޭ ކަމަށާއި ދިވެހި ގައުމު ސުންނާފަތި ކޮށްލާނޭ ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިސްކިތަކީ ހުރުމަތްތެރިވެގެންވާ ތަނަކަށްވާއިރު މިސްކިތުގެ ހުރުމަތް ކަނޑައި ދިވެހި ބަހުން އެފަދަ އިންޒާރެއް މިސްކިތް މެދުވެރިކޮށް ދޭނީ ސީދާ އެ ނިޔަތުގައި އެކަން ރާވައި ތަންފީޒުކުރުމަށް މަސައްކަތް ކުރަމުންދާ ނިރުބަވެރީން ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މިކަމުން ވެސް އިތުރަށް ހާމަވެގެން ދަނީ މި ރާއްޖޭގައި ހަރުކަށި ފިކުރު ފުޅާވެ ގޮސް ރައްޔިތުންނަށާއި މުޅި ގައުމަށް ނުރައްކާ އޮތް މިންވަރު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނޫރު މިސްކިތުގެ ފުރަތަމަ ފަންގިފިލާގެ ތަނބެއްގައި، ބޮމަކުން ރާއްޖެ ގޮއްވައިލާނޭ ކަމަށް ބުނެ މިފަދަ އިންޒާރެއް ލިޔެފައިވާކަން މިއަދު ފެންމަތިވުމުން، ފުލުހުން ވިދާޅުވެފައި ވަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

  1. ދީނީ ބަޔަކު މިސްކިތުގަ ނުލިޔާނެ. ތިކަހަލަ ކަންތައް ކުރާނީ ލާދީނީ މީހުން. އެޒާތުގެ މީހުން ތިބެނީ އެމްޑީޕީގަ. ޙުކުރު ހުތުބާ ތެރެޔަށް ލިޔުން އެޅިކަމަށް ބުނީ ނަޝީދު. މިހާރު ހީވާން ފަށައިފި މޭ 6 ބޮމަކީ ވެސް މިބައިގަނޑު މ ކުއްލި ހާލަތެއް އިއުލާން ކުރުވަން ކުރި ކަމެއް ކަމަށް. އަދި ނަޝީދު އަށް ގެއްލިފައިވާ ސިޔާސިީ މަގްބޫލު ކަން ހޯދަން ޖެއްސި ސްޓަންޓެއް ހެން. ސަރުކާރަށް މިހާރު މިކަން އެނގޭނެ. ނަޝީދު ނައިސްގެން އުޅެނީ ވެސް އެހެން ވެގެން ކަމަށް ލަފާ ކުރެވެނީ. ކުއްލި ހާލަތު އިއުލާން ނުވެގެން މިއުޅެނީ ކީއްވެތޯ ސުވާލަކީ